އިތުރަށް ފައިސާ ނެގި ހަ ޓެކްސީ ޑްރައިވަރަކު ޖޫރިމަނާ ކޮށްފި

މާލޭގެ މަގެއްގައި ފުލުހުން ޓްރެފިކު ބެލެހެއްޓުމުގައި ހަރަކާތްތެރި ވަނީ: ސަން ފައިލް ފޮޓޯ

ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ގިނައިން ފައިސާ ނެގި ހަ ޑްރައިވަރަކު ފުލުހުން ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ އެ ޓެކްސީ ޑްރައިވަރުން ޖޫރިމަނާކޮށްފައި ވަނީ ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމަށް މި މަހު ހަތަކުން ނުވަ އަކާ ހަމައަށް އެއްގަމު ދަތުރުފަތުރު ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ކަމަށެވެ.

މިހާރު ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް:

މާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
މާލެ - ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
ހުޅުމާލެ - މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

comment ކޮމެންޓް