ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރަނީ

ހުޅުމާލެގައި ގިނަ ޓެކްސީތައް ޕާކުކޮށްފައި--

ޓެކްސީ ދަތުރުތަކުގެ އަގު ކުޑަކޮށް އެ އަގުތަކަށް އަމަލުކުރަން ފެށުމާއެކު ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރަންފަށައިފި އެވެ.

ހުޅުމާލޭގައި ހިންގާ އެޗްޑީއޭ ޓެކްސީ ސެންޓަރުން ބުނީ ޑްރައިވަރުން ކުރާ އިހުތިޖާޖާ ގުޅޭގޮތުން ސެންޓަރުގެ ބަހެއް ނެތް ކަމަށެވެ.

މީގެ ކުރިން ޑްރައިވަރުންގެ ޖަމްއިއްޔާ އިން ވެސް ބުނެފައިވަނީ އަގުތަކުގެ މައްސަލާގައި މުޒާހަރާކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް ބައެއް ޑްރައިވަރުންގެ ވިސްނުން ހުރީ އަގުތަކާމެދު ހިތްހަމަ ނުޖެހި، އިހުތިޖާޖު ކުރާގޮތަށް ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ.

ހުޅުމާލޭގައި ގިނަ ޓެކްސީތައް ދަތުރަށް ނުނިކުމެ، ކާރުތައް ވަނީ މަގުމަތީ ޕާކުކޮށްފަ އެވެ.

މީގެ ކުރިން ބްރިޖާއި ލިންކް ރޯޑުން ކުރާ ދަތުރުތަކަށް 100 ރުފިޔާ ނެގިނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމާއެކު މި އަގުތައް ވަނީ ކުޑަކޮށްފަ އެވެ.

އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރުމާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރު ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލެ އިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިޔާ އަށެވެ.

މީގެ ކުރިން ރޭގަނޑު 12:00 ގެ ފަހުން ކުރާ ދަތުރުތަކަށް 30 ރުފިޔާ ނަގަމުން އައި އައުން ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު މިހާރު ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށް ކަނޑައަޅައިފަ އެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރާ ދަތުރުތަކަށް ޗާޖު ކުރަނީ 25 ރުފިޔާ އެވެ. ޑިކީ އަށް ދާގީނާ ލާނަމަ، ނަގާ ފައިސާ ނެގުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ޓެކްސީތަކުން އެޕްލިކޭޝަނެއް ބޭނުން ކުރާގޮތަށް ވަނީ ކަނޑައަޅައިފަ އެވެ. އިއްޔެ ގެނައި ބަދަލާއެކު މިމަހުގެ އެކަކުން ފެށިގެން ޓެކްސީ ހުއްދަ ދޭނީ ޓްރާންސްޕޯޓުން ހުއްދަ ދީފައިވާ ތިން އެޕްލިކޭޝަންގެ ތެރެއިން ކޮންމެވެސް އެއް އެޕްލިކޭޝަނެއްގައި ރެޖިސްޓްރީވެފައިވާ އުޅަނދުތަކަށެވެ. އެ ތިން އެޕްލިކޭޝަނަކީ އެއައީ، އަވަސް ރައިޑް އަދި ޕިކްމީ އެވެ.

މި ތިން އެޕްލިކޭޝަނުގައި ރެޖިސްޓްރީވެގެން އަމިއްލަ ވެހިކަލްތަކަށްވެސް ޓެކްސީ ކުރުމުގެ ހިދުމަތް ދެވޭނެ އެވެ.

ޓެކްސީތަކުން ބޮޑުއަގުނަގާތޯ ބެލުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއްވެސް ފަށައިފަ އެވެ.

https://sun.mv/122789

comment ކޮމެންޓް