އެއްބާރުލުންދިނުމުގެ އެމްއޯޔޫ ތަކެއްގައި ރާއްޖެ-ސީޝެލްސް ސޮއިކޮށްފި

ރާއްޖެ-ސީޝެލްސް އެއްބަސްވުންތަކުގައި ސޮއިކުރުން

އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގައި ރާއްޖެއާއި ސީޝެލްސްއިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ސީޝެލްސް އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިިދެވެ.

ޓޫރިޒަމްގެ ދާއިރާ އިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ އިތުރުން ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކާއި ނޫ އިގްތިސޯދާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ކުޅިވަރު ކުރިއެރުވުމާއި ޒުވާނުން ބާރުވެރިކުރުމަށް ދެގައުމުން ގުޅިގެން މަސައްކަތްކުރުމަށް މިއަދު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ރާއްޖެއާއި ސީޝެލްސްއާދެމެދު ސޮއިކުރި އެއްބަސްވުންތަކާއެކު މިހާރަށްވުރެ ގާތްކޮށް ދެގައުމުން އެކި ދާއިރާތަކުން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ރައީސްގެ ދަތުރުފުޅުގައި މިއަދު ވަނީ ދެގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމަށް ރަސްމީ މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް