ފެހެންދޫ އާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން އެދެފި

ފެހެންދޫގެ ދަރިވަރުންތަކަކާއި އެކުދިންގެ ބެލެނިވެރިން ޑިންގީގައި ---

ބ. ފެހެންދޫ އާއި ގޮއިދޫ ކޯޒްވޭއަކުން ގޫޅާލަން ފެހެންދޫ ކައުންސިލްއިން އެދެފި އެވެ.

ފެހެންދޫ އާއި ގޮއިދޫއަކީ އެއް ފަޅެއްގައި އޮންނަ ދެ ރަށެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް "ސަން" އަށް މިއަދު ވިދާޅުވީ ކޯޒްވޭކުން ގުޅާލަން އެދުނީ މީގެ ދެ މަހެއްހާ ދުވަސްކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޯޒްވޭ ހެދުމަށް ޕްލޭންތައް ހެދުމުގެ ކަންތައްތައް ޕްލޭނިން މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ގިނަ ރައްޔިތުން ވެސް ބޭނުންވޭ އެގޮތަށް. ހަމަ އެހެން އެބަތިބި ބައެއް ރައްޔިތުން އެގޮތަށް ބޭނުންނުވާ ވެސް. ގޮއިދޫއާ ކޯޒްވޭއަކުން ގުޅާލަންޏާ އިންނާނެ މޭލެއް ހާ ސަރަހައްދު. މިހާރު ޑިންގީއެއްގައި ދެވޭނީ ހަތް ވަރަކަށް މިނެޓުން." މޫސަ ވިދާޅުވި އެވެ.

ފެހެންދޫގައި މިވަގުތު ދިރިއުޅެމުން ދަނީ 150 މީހުންނެވެ.

ފެހެންދޫ އާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން އެދުނުއިރު އެރަށުގެ އާބާދީ ކުޑަކަމުން މިހާރު އެރަށު ސްކޫލުގައި ކިޔަވައެއް ވެސް ނުދެ އެވެ. އަދި އެ ރަށުގެ ކިޔަވާ ކުދިން ކިޔަވަން ދަނީ ޑިންގީއެއްގައި ގޮއިދޫ އަށެވެ،

ފެހެންދޫ ކުދިން އެ އަތޮޅޫ ގޮއިދޫ ސުކޫލަށް ކިޔަވަން ދިޔުމަށް ބޭނުން ކުރާނެ ރަނގަޅު ފެންވަރުގެ އުޅަނދެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ.

މި އަހަރުގެ ކުރީކޮޅު، އިންޑިއާގެ އޭރުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެންނެވި އިރު، ރާއްޖޭގައި އިޖުތިމާއީ ތަރައްގީއަށް ބޭނުންކުރުމަށް 106 މިލިއަން ރުފިޔާ (6.9 މިލިއަން ޑޮލަރު)ގެ ހިލޭ އެހީ ދިނުމަށް ނިންމި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ގޮއިދޫގައި ކިޔަވާ އެ އަތޮޅު ފެހެންދޫގެ ދަރިވަރުން، ދެ ރަށް ދޭތެރޭގައި ދަތުރުކުރުމަށް ފެންވަރު ރަނގަޅު ފެރީއެއް ހޯދުމަށް އެ ފައިސާގެ ތެރެއިން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

comment ކޮމެންޓް