2011 އަހަރުގެ ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑު ދަރިވަރަކަށް ނަޝީތާ

ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން )ސީއެޗްއެސްއީ( ގެ 2011 ވަނަ އަހަރުގެ ބެސްޓް އޯލް ރައުންޑް ދަރިވަރަކަށް ނަޝީތާ ނަޝީދު ހޮވިއްޖެ އެވެ.

އޭނާއަށް އެ އިނާމް ދީފައި ވަނީ މިއަދު ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި ބޭއްވި ސީއެޗްއެސްއީގެ 2011 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާގަ އެވެ. މި ޖަލްސާގައި ވަނީ މިއަހަރުގެ ނަތީޖާއަށް ބަލާ އެންމެ މަތިން ފާސްވި ހަތަރު ދަރިވަރުން، އައިޝަތު ލުބާނާ އަހުމަދާއި އިބްރާހިމް ސަމީރް އިބުދުލްބާރީ އާއި މަރިޔަމް ޖައިދާ އާއި މަރިޔަމް ނަޝީތާ ނަޝީދުއަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. އެ ޖަލްސާގެ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސް އެންޑް ކަލްޗަ އޮނަރަބަލް ޑރ. މަރިޔަމް ޒުލްފާއެވެ.

މި ޖަލްސާގައި ގްރޭޑް 11 ނިންމި ދަރިވަރުންގެ ތެރެއިން ދެވަނަ ސެމެސްޓާގެ ނަތީޖާއަށް ބަލައި ވަނަތަށް ހޯދި ކުދިންނަށް ލިބޭ އިނާމާއި 2010 ވަނަ އަހަރު ޑިސެންބަރުގައި ބޭއްވި ކޭމްބްރިޖް ޔުނިވާސިޓީ އިމްތިހާނުން ވަނަތައައް ހާސިލްކޮށްފައިވާ ދަރިވަރުންނަށް އިނާމް ދީފައިވެ އެވެ. އަދި އޭގެ އިތުރުން މިއަހަރުގެ މެއި މަހުގައި ބޭއްވުނު ކޭމްބްރިޖް ޔުނިވާސިޓީ އިމްތިހާނުން ވަނަތަށް ހާސިލްކުރި ދަރިވަރުންނަށާއި މިއަހަރުގެ މެއި މަހު ބޭއްވުނު މަތީ ސާނަވީ ސުކޫލް ސެޓްފިކެޓް އިމްތިހާނުން ވަނަތައް ހާސިލްކުރި ކުދިންނަށާއި 2011 ވަނަ އަހަރުގެ މެއި، ޖޫން މަހުގައި ބޭއްވުނު ލަންޑަން ޖީސީއީ އެޑްވާންސް ލެވެލް އިމްތިހާނުން މަތީ ވަނަތަށް ހާސިލް ކުރި ކުދިންނަށް ވެސް ވަނީ އިނާމް ދީފަ އެވެ.

އެ އިނާމްތައް ދަރިވަރުންނަށް ދެއްވީ ޖަލްސާގެ ޝަރަފްވެރި މެހުމާނު ޑރ. މަރިޔަމް ޒުލްފާގެ އިތުރުން އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާއި ސްކޫލް ބޯޑުގެ ޗެއާޕަސަން އެވެ.

މިއަހަރުގެ ޖީސީއީ އޭލެވެލް އިމްތިހާނުގައި މުޅި ޖުމްލަ 304 ދަރިވަރުން ބައިވެރިވެފައިވާއިރު މިފަހަރަކީ ސީއެޗްއެސްއީގެ 33 އަހަރުވީ ދިގު ތާރީހުގައި 90 ޕަސެންޓު ކުދިން ޔުނިވާ ސިޓީއަށް ވަދެވޭ ވަރަށް ފާސްވި ފުރަތަމަ ފަހަރެވެ.

އެ ޖަލްސާގައި މިނިސްޓްރީ ޑރ. މަރިޔަމް ޒުލްފާގެ އިތުރުން މިނިސްޓަރީގެ އިސްވެރިންނާއި ސުކޫލުތަކުގެ އިސްވެރިންނާއި ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ އިތުރުން ހުރިހާ ޓީޗަރުންނާއި ސުކޫލުގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެ ވަޑައިގަތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު