އާސާރީ ދެ މިސްކިތެއް ހިމާޔަތްކޮށް އިތުރަށް ތަރައްގީ ކުރަނީ

ކުޑަރިކިލުގެ އާސާރީ މިސްކިތް--- ފޮޓޯ: ޓުވިޓާ

ރާއްޖޭގެ އާސާރީ ދެ މިސްކިތެއް ހިމާޔަތްކޮށް އިތުރަށް ތަރައްގީ ކުރަން ސަރުކާރުން ނިންމައިފިއެވެ.

އެ ދެ މިސްކިތަކީ ބ. ކުޑަރިކިލުގައި ހުންނަ މިސްކިތަކާއި އަދި ގދ. ވާދޫގައި ހުންނަ މިސްކިތެކެވެ.

ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިހާރު ކުރަމުންދަނީ އެ ދެ މިސްކިތް މިހާރު ހުރި ހާލަތު ބަލައި އެސެސްމަންޓް ހެދުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އެގޮތަށް އެގޮތަށް އެސެސްމަންޓްތައް ހަދައި އެ ދެ ތަންތަން ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ވަނީ އިއުލާންވެސްކޮށްފައެވެ.

" އެތަންތަން ތަރައްގީކޮށް ފަތުރުވެރިންނަށް ދައްކާލެވޭނެ ގޮތްތައްވެސް ހެދިދޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

އިތުރަށް ތަރައްގީކުރާ ކުޑަރިކިލުގެ ކުރީގެ ހުކުރު މިސްކިތަކީ ހިޖުރައިން 1325 ގައި ބިނާކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތް ބޭނުންކުރުން ހުއްޓާލީ 1993 ވަނަ އަހަރުއެވެ. އެ މިސްކިތުގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ބޮޑެތި ދޮރުތަކާއި ކުޑަދޮރުތައް ބިންވަޅުނަގާ ކުރެހުންތައް އަޅާފައިވެއެވެ.

އާސާރީ ގޮތުން ފާހަގަކޮށްލެވޭ ގދ. ވާދޫގެ ހުކުރު މިސްކިތަކީ 100 އަަހަރުވީ މިސްކިތެކެވެެ. އެ މިސްކިތަކީ ދެއްވަދޫ ރަސްގެފާނު ކިޔާ ބޭކަލަލު ވާދުއަށް ކުރެއްވި ދަތުރެއްގައި ބިނާ ކުރެއްވި މިސްކިތެކެވެެ.

comment ކޮމެންޓް