އެމްޕީއެލް އިން ވަގަކު އަތުލައިގެންފި

އެމްޕީއެލް--

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 22:30 ހާއިރު އެމްޕީއެލްގެ ސްޓާފް އޭރިއާގެ އޮފީހުން ވައްކަން ކުރަން އުޅުނު މީހަކޔ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ބަލަމުންދާއިރު މިހަފްތާގެ އާދިއްތަ ދުވަހުވެސް އެމްޕީއެލްގެ އޮފީހުން ވަނީ ވައްކަން ކޮށްފައެވެ. އެގޮތުން އެމްޕީއލގް ހެޑް އޮފީހަށް ވަދެ އެކުންފުނީގެ އެޗްއާރު ޑިޕާޓުމެންޓުން ވައްކަންކޮށް ވައެއް ލިޔެކިޔުންތައް ވަނީ ގެންގޮސްފައެވެ.

އެވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ހުރީ މަސްތުގެ ހާލަތުގައެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް