އަލް ނޫރް ހިކިކިރު ޕެކެޓެއް ގަނެގެން ހިލޭ ބިއްލޫރި ތަށްޓެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާޓުން ފަށައިފި އެވެ.
އެސްޓީއޯ ޕީޕަލް ޗޮއިސްގެ ސީނިއާ މާކެޓިން މެނޭޖަރު އައިމިނަތު ޝުރުފާ ވިދާޅުވީ ޕްރޮމޯޝަން ކުރިއަށް ދާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ.
ކޮންމެ އަލްނޫރު ހިކިކިރު ޕެކެޓަކާއިއެކު އަލްނޫރު ލޯގޯޖެހި ހާއްސަ ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ޕްރޮމޯޝަނަކީ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ޕްރޮމޯޝަނެއް ކަމަށާއި އަންނަ މަހުން ފެށިގެން އެސްޓީއޯ ރީޖަނަލް ފިހާރަތަކުންވެސް ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް ވެސް ޝުރުފާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ އަލް ނޫރު ހިކިކިރުގެ 800 ގުރާމް، 1800 ގުރާމް އަދި 2250 ގުރާމް ގެ ޕެކެޓުން، ގަންނަ އަލްނޫރު ހިކިކިރު ކޮންމެ ސައިޒެއްގެ ޕެކެޓަކާއި އެކު ރީތީ ބިއްލޫރިތަށްޓެއް ކަސްޓަމަރުންނަށް ޕްރޮމޯޝަނުން ލިބޭނެކަމަށެވެ. އަދި 800 ގުރާމްގެ ކިރު ޕެކެޓެއް 95 ރުފިޔާ އަށް ލިބޭނެ އެވެ.
އަދި 1800 ގުރާމްގެ ކިރު ޕެކެޓެއް ލިބޭނީ 210 ރުފިޔާ އަށެވެ. 2250 ގުރާމްގެ ޕެކެޓެއް 245ރުފިޔާ އަށް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓް ފިހާރައިން ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.