"ލަޔަން ކިންގް" އަށް ގިނަ ރެކޯޑުތަކެއް

ލަޔަކް ކިންގްގެ ޕޯސްޓަރެއް---

މި މަހު 19 ވަނަ ދުވަހު ރިލީޒްކުރި "ލަޔަން ކިންގް"ގެ ތަރުހީބު ބޮޑުވެ ގިނަ ރެކޯޑްތަކެއް އެ ފިލްމަށް ލިބިއްޖެވެ.

އެ ފިލްމަކީ ޑިޒްނީ ފިލްމެއްގެ އޯޕަނިން ދުވަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ފިލްމެކެވެ. ފިލްމު ދައްކަން ފެށިތާ 10 ދުވަސްތެރޭ ވަނީ 531 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު މާކެޓް ޗައިނާގައި އެ ފިލްމަށް ވަނީ 98 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އެއާ އެކު އެ ފިލްމުވެގެން ގޮސްފައި ވަނީ މުޅި ދުނިޔެއިން ދެވަނައަށް އެންމެ މާކެޓް ރަނގަޅު ފިލްމަށެވެ.

ނޯތު އެމެރިކާގައި ފިލްމު އެޅުވި ފުރަތަމަ ދުވަހު ވެސް ވަނީ އެ ފިލްމަށް 185 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އަދި އެއީ އުންމީދު ކުރިވަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ފިލްމަކީ ނުވަ ވަނައަށް އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމެވެ. އަދި ޖުލައި މަހު އެންމެ ބޮޑު ފައިދާ އެއް ލިބުނު ފިލްމެވެ. މި އަހަރުގެ މިހާތަނަށް ނެރުނު ޕީޖީ ރޭޓެޑް ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމަކީ ވެސް "ލަޔަން ކިންގް"އެވެ.

އެއާއެކު މި ފިލްމުވެގެން ގޮސްފައިވަނީ ޑިޒްނީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ކްރިޓީކުން ބުނާ ގޮތުގައި "ލަޔަން ކިންގް" އަކީ އެވެޓާއަށް ފަހު ނުކުތް އެންމެ ވަރުގަދަ ވިޝުއަލް އެފެކްޓްސް ހިމެނޭ ފިލްމުކަމަށެވެ. ޖޯން ފެވްރޫ ޑައިރެކްޓްކޮށް އުފައްދާފައިވާ އެ ފިލްމަކީ ވޯލްޓް ޑިޒްނީ ޕިކްޗާސް އިން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް