ރެޑްވޭވުން "ހަފްތާ ސޭލް" ޕްރޮމޯޝަން ފަށައިފި

ރެޑްވޭވުން "ހަފްތާ ސޭލް" ނަމުގައި ވަނީ ޕްރޮމޯޝަނެއް ހުޅުވާލައިފައި--- ފޮޓޯ/ ރެޑްވޭވް

ހަފްތާ ސޭލްގެ ނަމުގައި ރެޑްވޭވުން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރެޑްވޭވުން ބުނީ މިއަދު ފެށުނު ޕްރޮމޯޝަން މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވް ގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ އިން ފެށިގެން ބުދައިގެ ނިޔަލަށް 100ރުފިޔާ އަށްވުރެ މަތީގެ ކޮންމެ ބިލެއް ހައްދަވާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ހަފްތާ ސޭލް ބޭއްވުމުގެ މަގްސަދަކީ ހަފްތާގެ ބަންދުގައި ދިގު ކިއުއެއްގައި ގިނަވަގުތު ހޭދަކޮށްގެން ކަސްޓަމަރުންކުރާ ވިޔަފާރިއަށް ލުޔެއް ދިނުމަށް ކަމަށް ރެޑްވޭވުން ބުނެއެވެ. އަދި އަދި ކާބޯތަކެތީގެ އިތުރުން ރެޑްވޭވުން ހެޔޮ އަގުގައި ލިބިގެންދާ އައިޓަމްތަކަށް ކަސްޓަމަރުންގެ ސަމާލުކަން ގެނައުމެވެ. އޭގެ އިތުރުން ރެޑްވޭވް އިހްތިޔާރު ކުރާ ކަސްޓަމަރުން ފާހަގަކޮށް ކުރިއަށް ހުރި ޕްރޮމޯޝަންތައް އެކަސްޓަމަރުންނަށް ފައިދާވާނޭ ފަދަ ގޮތަކަށް ބައްޓަން ކުރުން ކަމަށްވެސް އެ ފިހާރައިން ބުންޏެވެ.

ހަފްތާ ސޭލްގައި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމް ހައްގުވާ ތިންފަރާތެއް ހޮވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނަ އަށް 5،000ރުފިޔާ، ދެވަނަ އަށް 3،000ރުފިޔާ އަދި ތިން ވަނަ އަށް 2،000ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިނާމްލިބޭ ފަރާތަށް ޖެހިގެން އަންނަ ހަފްތާގެ ތެރޭގައި އިނާމް ހަވާލުކުރެވިގެން ދާނެއެވެ.

ރެޑްވޭވުން ބުނީ ހަފްތާ ސޭލުގައި ކަނޑައެޅޭ އައިޓަމްތަކަކުން ބޮޑެތި ޑިސްކައުންޓްތަކެއް ދެވިގެންދާ ކްލިއަރެންސް ސޭލްތަކެއް އެޅުވޭނެ ކަމަށެވެ. އެގޮތުން މިހަފްތާގައި ޑިސްކައުންޓް ދެވިފައިވާ ކަނޑައެޅިފައިވާ މޮޑެލްތަކެއްގެ އަވަން އަދި ބަތްކާ ތަށިން ވަނީ %50 ހެޔޮކުރެވިފައެވެ.

ހަފްތާ ސޭލް ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ކަސްޓަމަރުންގެ ފަރާތުން ލިބިގެންދާ ތަރުހީބަށް ބެލުމަށްފަހު ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރެވިގެންދާނެ ކަމަށްވެސް ރެޑްވޭވުން ބުނެއެވެ.

comment ކޮމެންޓް