މުސްކުޅިވީމަ ހުންނާނެ ކަމަށް ބެލެވޭގޮތް ބަލަން ފޯރި އެބަހުރި!

ފޭސް އެޕް ބޭނުންކޮށްގެން އެމެރިކާގެ ރައީސް ޓްރަމްޕގެ މޫނު މިހާރަށްވުރެވެސް މުސްކުޅިކޮށްފައި ---

ފޭސްބުކް ހުޅުވާލިޔަސް އިންސްޓަގްރާމަކަސް، ޓްވިޓާއަކަސް މި ފެންނަނީ ހުސް މުސްކުޅިންގެ ފޮޓޯ އެވެ. އެކަމަކު އަސްލު މިއީ އުމުރުން ދުވަސްވީ މީހުންގެ ފޮޓޯއެއް ނޫނެވެ. މިހާރު ޒުވާނުން، އެމީހުން މުސްކުޅިވީމާ ހުންނާނެ ގޮތް ބަލަނީއެވެ. ރަޝިއާގެ ކުންފުންޏަކުން ޑިވެލޮޕްކޮށްފައިވާ ފޭސްއެޕްގެ އެހީގައެވެ.

ފޭސް އެޕް އަކީ މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ލޯންޗު ކުރި އެޕްލިކޭޝަނެކެވެ. ނަމަވެސް އޭރު ޕްރައިވަސީ ކޮންސާންތަކެއްގެ ވަހަކަ މާ ގަދައަށް ދެކެވި އެޕްލިކޭޝަނުގެ އަޑު މަޑުވިއެވެ. އަނެއްކާވެސް މީގެ ދެތިންދުވަސްކުރިން މި އެޕްލިކޭޝަނުގެ އަޑު ގަދަވެއްޖެއެވެ. ސޯޝަލް މީޑިއާގައި އުޅޭ މީހުންގެ ތެރެއިން މި ފޭސްއެޕެއް ބޭނުން ނުކުރާ މީހަކު މިހާރު މަދުވާނެއެވެ.

ޖޯނަސް ބްރަދާސްގެ މޫނު މުސްކުޅިކޮށްފައި ---

ފޭސް އެޕަކީ މީހާގެ ފޮޓޯއެއް އަޕްލޯޑު ކުރުމުން އޭނާގެ މޫނު މުސްކުޅިކޮށް، ޒުވާންވެސް ކޮށްދޭ އެޕެކެވެ. ބޭނުންނަމަ މޫނުމައްޗަށް ރީތި ހިނިތުންވުމެއްވެސް ގެނެސްދެއެވެ. މޭކަޕު ނުކޮށް ހުރި ފޮޓޯ އެއް އަޕްލޯޑުކޮށް މޫނުމަތީ ރީތިމޭކަޕެއްވެސް ކުރެވިދާނެއެވެ.

މިހާރު މިއުޅޭ ޒުވާނުން މާ ވަރަކުން މިއުޅެނީ އެމީހުން މުސްކުޅިވީމާ ތިބޭނެ ގޮތް ބަލާށެވެ.

ފޭސް އެޕްގެ އަވާގައި ނުޖެހޭ މީހަކު ނެތެވެ. ބޮލީވުޑާއި ހޮލީވުޑްގެ ބޮޑެތި ސެލެބްރިޓީންވެސް މިހާރު ފޭސް އެޕް ޓެސްޓު ކޮށްފިއެވެ. މިހާރު އޮލިމްޕަހުގައި އޮތް މާމުއި ފިލްމުގެ ވަދާއީ ޝޯގެ ޕޯސްޓަރުތަކުގައިވެސް ހުރީ ފިލްމުގެ ތަރިން މުސްކުޅިކޮށްފައެވެ.

ފޭސްއެޕުން ،މުސްކުޅިކޮށް ފޮޓޯ އަޕްލޯޑު ކުރަން ފެށިތަނާ އެންމެ ގަދަވި އަޑަކީ ރަޝިއާގެ ކުންފުނިން އުޅެނީ ޖާސޫސު ކުރަން މީހުންގެ ފޮޓޯ ހޯދަން ކަމަށެވެ. މިއީ ޕްރައިވެސީ މައްސަލައެއް ކަމަށް ބުނެ ވަރަށް ކަންތައް ހޫނު ކުރަން އެމެރިކާ އިން އުޅުނެވެ. އެކަމަކު ރަޝިއާގެ ކުންފުނިން ބުނީ އެ ކުންފުނިން ޖާސޫސު ކުރަން ނޫޅޭ ކަމަށާއި އެޕްލިކޭޝަނަށް އަޕްލޯޑު ކުރާ ފޮޓޯތަކުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމަށެވެ.

ދެހާސް ހަތްވަނަ އަހަރު ލޯންޗު ކުރި އެ އެޕްލިކޭޝަނަށް މިހާތަނަށް 150 މިލިއަނަށް ވުރެ ގިނަ ފޮޓޯ އަޕްލޯޑު ކޮށްފިއެވެ. ފޭސް އެޕް ޑިވެލޮޕްކުރި ކުންފުނިން ބުނެފައިވަނީ އެޕްލިކޭޝަނަށް ފޮޓޯ އަޕްލޯޑުކުރާތާ 48 ގަޑިއިރު ތެރޭ ސާވާ އިން ފޮޓޯ ޑިލީޓު ކުރާ ކަމަށެވެ. އަދި ތާޑްޕާޓީ އަކާ ފޮޓޯތައް ހިއްސާ ނުކުރާ ކަމަށްވެސް ބުނެފައިވެއެވެ.3

ފޭސް އެޕްގެ އަޑު ގަދަވެފައިވަނިކޮށް އެމެރިކާގެ ސެނެޓުގެ މެންބަރަކު ވަނީ އެކަން ކޮންޓްރޯލު ކުރުމަށް ގޮވާލައިފައެވެ. ފޭށް ރިކޮގްނިޝަން ބޭ ނުންކޮށްގެން ފަހުން ރަޝިއާ އިން ޖާސޫސް ކުރުމަށް އެ ފޮތޯތައް ބޭނުންކޮށްފާނެތީ އެކަމާމެދު ފިޔަވަޅު އެޅުމަށް ސެނެޓުގެ ބައެއް މެންބަރުން ވަނީ ގޮވާލައިފައެވެ.

ޕްރައިވަސީ ކޮންސާންތަކެއް އެބަހުރިކަމަށް ބުނިނަމަވެސް ފޭސް އެޕު ބޭނުންކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. މުޅި ފޭސްބުކް ޓައިމްލައިން މީގެ ތިރީހަކަށް އަހަރު ފަހުން ފެންނާނެ ގޮތް މިހާރު އެބަ އަންދާޒާކޮށްލެވޭނޫންހެއްޔެވެ؟

comment ކޮމެންޓް