ބޮލީވުޑްގެ ލެޖެންޑަރީ ތަރި ޝާހްރުކް ރާއްޖޭގައި

ބޮލީވުޑް ރަސްގެފާނު ޝާހްރުކް ޚާން--

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ޝާހްރުކް ރާއްޖެ އައީ އޭނާގެ އާއިލާ އާ އެކު ޗުއްޓީ ހޭދަކުރުމަށެވެ. ސޯޝަލް މީޑިއާގައި ޝާހްރުކް ފޮޓޯތައް އާންމުވެފައިވާއިރު އޭނާ ޗުއްޓީ ހޭދަކުރަމުންދާނީ ޖުމައިރާގަ އެވެ.

ބޮލީވުޑް ތަރިންގެ މެދުގައި ޗުއްޓީ ހޭދަކޮށްލުމަށް މިހާރު ރާއްޖެ ވަރަށް މަގްބޫލެވެ. އެކަމުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ މައްޗަށް ޖެހިލާފަ އެވެ. ދާދި ފަހުން ބަތަލާ ކްރިތީ ސެނަންވެސް ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފަ އެވެ.

comment ކޮމެންޓް