ޖާންވީ އާއި އިޝާންގެ އިތުރު ފިލްމެއް ގެނެސްދެނީ

ޖާންވީ އަދި އިޝާން---

މިދިޔަ އަހަރު ނުކުތް "ދަޅަކް" އިން ބޮލީވުޑަށް ތައާރަފްވި ދެ ތަރި ޖާންވީ ކަޕޫރާއި އިޝާން ކައްތުރާ އެކުގައި އަނެއްކާ ވެސް އެކީ ފިލްމެއް ކުޅެން ސޮއިކޮށްފި ކަމަށް ހަބަރުތައް ބުނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ދެތަރިން އަނެއްކާ ވެސް ސޮއިކުރި ކަރަން ޖޯހަރުގެ ފިލްމެއް ކުޅެން ކަމަށާއި އެ ފިލްމަކީ ކުރީ ފިލްމާ ހިލާފަށް ތްރިލާ ފިލްމެއް ކަމަށެވެ.

ފިލްމުގެ ޝޫޓިން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

"ދަޅަކް" އަށް ފަހު ޖާންވީ އަށް ގިނަ ފިލްމުތަކެއްގެ މަސައްކަތްކުރަން ލިބުނު ނަމަވެސް އިޝާން އަދި ކުޅޭނެ ފިލްމެއް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.

comment ކޮމެންޓް