ކޮންސްޓްރަކްޝަން ސައިޓަކުން ދަގަނޑެއް ވެޓި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

އިމާރާތް ކުރުމުގެ މަސައްކަތުގައި ބިދޭސީއަކު --- ސަންފޮޓޯ// އަލީ ނަސީރު

ހެންވޭރުގައި ހުރި ކޮންސްޓްރަކްޝަން ސައިޓެއްގައި ސޭފްޓީއަށް ޖަހާފައި ހުރި ދަގަނޑެއް ވެޓި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.

ރޭ ދަންވަރު 00:14 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަނިވީ، އެ ދަނގަޑު ވެއްޓުނު އިރު ނުބައި ލޭނަކުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތު ސީޓުގައި އިން މީހަކަށެވެ.

އެ މީހާގެ ބޯ ފަޅައިގެން ދިޔުމުން އޭނާ އަޖީއެމްއެޗްއަށް ގެންގޮސް ވަނީ ފަރުވާ ދީފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގި ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ކުރަމުން ދިޔައީ މަގު ބަންދުކޮށްގެންނެވެ.

އެ ހާދިސާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް