"މާމުއި" ލ އަތޮޅަށް

މާމުއި ލ އަތޮޅަށް---

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކާމިޔާބު ފިލްމު "މާމުއި" ލ އަތޮޅުގައި ވެސް އެޅުވުމަށް ނިންމައިފި އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ލ އަތޮޅުގައި ފިލްމު އެޅުވުމުގެ އެންމެ ފަހު ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ލ އަތޮޅުގައި އެންމެ ފުރަތަމަ ފިލްމު އަޅުވާނީ ގަމުގައެވެ. އެއީ އަންނަ މަހުގެ އެއް ވަނަ ދުވަހުއެވެ. ޓިކެޓް ގަތުމަށް 9899996 ނުވަތަ 7729997 އަށް ގުޅާށެވެ.

ލ ފޮނަދޫގައި އަންނަ މަހު ދޭއްގައި އެޅުވުމަށް ހަމަޖެހިފައިވާއިރު މާމެންދޫގައި ފިލްމު އަޅުވާނީ ތިނެއް އޯގަސްޓްގައެވެ. ހޮޓްލައިން ނަންބަރު 9904090 އާ ގުޅުމުން ޓިކެޓް ލިބިގެންދާނެއެވެ.

އަންނަ މަހު ހަތަރެއްގައި މާވަށުގައި ފިލްމު އަޅުވަން ނިންމިއިރު މާބައިދޫގައި ފިލްމު އަޅުވާނީ އެ މަހުގެ ހަވަނަ ދުވަހުގައެވެ. ހޮޓްލައިން ނަންބަރު 9644219 އާ ގުޅުމުން ފިލްމުގެ ޓިކެޓް ލިބިގެންދާނެއެވެ.

ފިލްމު ލ އަތޮޅުގައި އަޅުވަން ނިންމިއިރު "މާމުއި" އައްޑޫ ސިޓީގައި ވެސް އަޅުވާނެއެވެ.

މިހާތަނަށް ދެއްކި ހުރިހާ ޝޯއެއްވެސް ހައުސްފުލް އެ ފިލްމަކީ ޑާކްރެއިންގެ އެންމެ އަގުބޮޑު ފިލްމުވެސް މެއެވެ.

ފިލްމު އަޅުވާނީ ހަމައެކަނި އޮލިމްޕަސް ސިނަމާގައެވެ. ފިލްމު ޝްވެކްގައި ނާޅުވާނެއެވެ.

އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހެދި އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

comment ކޮމެންޓް