މާލެތެރޭ ދުއްވާ ބަސްތައް ޖެހެނީ ކަސްޓަމައިޒްކުރަން

ހުޅުމާލެ-މާލެ ދެމެދު ދަތުރުކުރާ ބަހެއް -- ސަން ފޮޓޯ

މާލެތެރޭ ދުއްވުމަށް ގެންނަ މިނީ ބަސްތައް ޖެހެނީ މާލެތެރޭ ދުއްވޭނެ ކޮންސެޕްޓަކަށް ކަސްޓަމައިޒް ކުރަން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އެ ކުންފުންޏާއެކު މިނިސްޓްރީ އިން ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއްބަސްވުމުގެ ދަށުން ހަތަރު މަސް ތެރޭ އެ ހިދުމަތް ދޭންފަށަން ޖެހެއެވެ.މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ނަމަވެސް އެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ހުރީ އަދިވެސް ނުނިމިއެވެ. އެމްޓީސީސީ އިން މީގެކުރިން ބުނީ ހިދުމަތް ފެށުން ލަސްވަނީ ޕޮލިސީ ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނުނިމިގެން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ބަސް ސަޕްލައިކޮށްދިނުމަށް އިންޓްރެސްޓު ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިގެންނަނީ އާދައިގެ ބަސް ގަނެގެންނެއް ނޫން. މި ގެންނަނީ އެންވަޔަރަމެންޓް ފްރެންޑްލީ ބަސްތަކެއް. މާލެއަށް ބޭނުންވާ ބަސްތަކަކީ އަޅުގަނޑުމެން ހަދައިގެން ގެންނަ ބަސްތަކެއް،" އެ ބަސްތަކަކީ އާންމުކޮށް ހުންނަ ބަސްތަކަށްވުރެ ކުދި ބަސްތަކެއް ކަމަށާއި ބަސްތަކުގެ ގޮނޑިތައް ކަސްޓަމައިޒް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/120748

comment ކޮމެންޓް