އިންޑިއާގެ ތަރި ސަމީރާ ރެއްޑީއަށް އަންހެން ކުއްޖެއް ލިބިއްޖެ އެވެ.
ދަރިއަކު ލިބުނުކަން އޭނާ ހާމަކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ހޮސްޕިޓަލްގައި އޮވެގެން ދަރިފުޅުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހާމަކުރި ނަމަވެސް ދަރިފުޅުގެ މޫނެއް ނުފެނެއެވެ.
ދަރިފުޅަށް ކިޔާނެ ނަމެއް އަދި ނުނިންމާކަމަށާއި އަވަސް މުސްތަގްބަލެއްގައި ދަރިފުޅުގެ ނަން ހިއްސާކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ސަމީރާއަށް މިފަހަރު އަންހެން ކުއްޖެއް ލިބުނުއިރު އޭނާ އަށް ކުރިން ލިބުނީ ފިރިހެން ކުއްޖެކެވެ. އެއީ ހަތަރު އަހަރުގެ ހާންސްއެވެ.
ވިޔަފާރިވެރިޔާ އަކްޝާއީ ވާދޭ އާ ސަމީރާ ކައިވެނިކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ.
ގިނަ ފިލްމުތަކެއްގައި ސަމީރާ ހަރަކާތްތެރިވެފައިވާއިރު އޭނާގެ އެންމެ މަގްބޫލް ފިލްމުތަކުގެ ތެރޭގައި 'މުސާފިރު'، 'ޓެޒް' އަދި 'އަޝޯކް' ހިމެނެއެވެ.