މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޯފަޅައިގެން ހިނގައްޖެ

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޯފަޅައިގެން ދިޔަ މީހާ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ސައްޔިދު ކިލެގެފާނު މަގުން ވަންވޭ ފަޅާލާފައި ނުކުތް ސައިކަލެއް މަޖީދީމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެއެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ ދަންވަރު 1:15 އެހައިކަންހާއިރުއެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި ސައްޔިދު ކިލެގެފާނު މަގުން ނުކުތް ޕަލްސާ ބްރޭންޑުގެ ސައިކަލް ދުއްވަން ތިބީ ދެ ބިދޭސީއެވެ. އެ ސައިކަލްގައި އިން އެކަކަށް އަނިޔާވި ކަމަށް މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

އޭނާ ބުނީ މަޖީދީމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭވް ބްރޭންޑުގެ ސައިކަލުގައި ތިބީ ދެ ދިވެހީން ކަމަށެވެ. އަދި އޭގެތެރެއިން އެކަކު ފިލާފައިވާކަމަށް ވެސް އެމީހާ ކިޔައިދިނެވެ.

"ބޯފަޅައިގެން ގޮސް މަގުމައްޗަށް ގިނަ އަދަދެއްގެ ލޭ އެޅިފައިހުރި،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

އެ އެކްސިޑެންޓުގައި ޒަޚަމްވި މީހުން ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަމެއް ނޭނގެއެވެ.

comment ކޮމެންޓް