އެމްއެންޑީއެފްގެ ތަމްރީނުތަކެއްގައި މިއަދު ބަޑިޖަހާނެ

އެކްސަސައިޒް ރަންނަމާރި ހަންޓުގައި ސިފައިން ހަރަކާތްތެރި ވަނީ -- ފޮޓޯ/ އެމްއެންޑީީއެފް

މިއަދު މާލޭގައި ކުރިއަށް ގެންދާ ތަމްރީނުތަކެއްގައި ބަޑި ޖެހުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ތަމްރީނުތައް ކުރިއަށް ދާނީ މިއަދު ހެނދުނު 10:30 ން މެންދުރު 14:00އަށް އެމްއެންޑީއެފް ކަޅުތުއްކަލާ ކޮށީ މަރުކަޒުގައި ކަމަށެވެ.

އެހެންކަމުން އެ ވަގުތުގައި ކަޅުތުއްކަލާ ކޮށީގައި ބަޑި ޖެހުމުގެ ހަރަކާތެއް ކުރިއަށް ދާނެއެވެ.

މިއީ އެމްއެންޑީއެފްއިން ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ.

comment ކޮމެންޓް