އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމަކާ ގާތަށް

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމަކާ ގާތްވެފައި -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ސީޕްލޭން ޓާމިނަލްގެ މަސސައްކަތް ނިމުމަކާ ގާތްވެއްޖެ އެވެ.

އެއާޕޯޓް ހިންގާ އެމްއޭސީއެކް އިން އިއްޔެ ބުނީ އާ ސީޕްލޭން ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ފަސާޑް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސީޕްލޭން ޓާމިނަލްގެ އެތެރޭގއި ހަރުކުރާ އެސްކެލޭޓަރުތައްވެސް މިހާރު ވަނީ ހަރުކޮށް ނިންމައިފަ އެވެ.

ޓާމިނަލްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެއާކޮންޑިޝަން ހަރުކޮށް ކަރަންޓާއި ފެން ވައިރު ކުރުމުގެ މަސައްކަތެވެ. މިހާރު ވަނީ ސީޕްލޭން ޑޮކް އިންސްޓޯލްކޮށްވެސް ނިމިފަ އެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އެއާޕޯޓު މަޝްރޫއުގެ ގިނަ މަސައްކަތްތައް ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ) އިންނެވެ.

އާ ސީޕްލޭން ޓާމިނަލް އަޅަން 3.2 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްފައި ވަނީ ބީޔޫސީޖީ އިންނެވެ.

ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޕަރޭޓުކުރާ ސީޕްލޭން ނެޓްވޯކު އޮންނަނީ ރާއްޖޭގަ އެވެ. ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރަނީ ޓީއެމްއޭ އަދި މޯލްޑިވިއަން އިންނެވެ.

comment ކޮމެންޓް