ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެއުޅުނު ހަތަރު މަސްބޯޓެއް ހިފަހައްޓައިފި

އެމްއެންޑީއެފުން ހިފެހެއްޓި ބޯޓު-- ފޮޓޯ: އެމްއެންޑީއެފް

ގަވައިދާ ހިލާފަށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެއުޅުނު ހަތަރު މަސްބޯޓެއް ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ މަސްބޯޓުތައް ހިފަހައްޓާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ބޯޓުތައް ފެނުނީ ވ.ފުލިދޫގެ އިރުން 140 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަސްބޯޓުތައް ފެނުނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި މިމަހުގެ އަށަކުން ފެސިގެން މިއަދުގެ ނިޔަލަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ ޑޯނިއަ ފްލައިޓްގެ ސަވައިލަންސް ޕެޓްރޯލްތަކުގެ ތެރެއިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މި ހަތަރު މަސް ބޯޓް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. އެ ބޯޓުތަކަކީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަމަށް އެމްއެންޑީއެފް އަކުން އަދި ނުބުނެއެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން މަސްވެރިކަން ކުރާ ބޭރުގެ މަސްބޯޓުތައް އެމްއެންޑީއެފުން ހިފަހައްޓައެވެ.

comment ކޮމެންޓް