ސާވިސް ޗާޖު ދިނުމުގައި ވެލާ ރިސޯޓް ވައްޓައެއް ނުލެވޭ

ވެލާ ރިސޯޓުގެ މުވައްޒަފުން ހިދުމަތުގައި-- ފޮޓޯ/ ވެލާ ރިސޯޓް

މިދިޔަ ޖޫން މަހުވެސް އެންމެ ގިނައިން ސާވިސް ޗާޖު ދިން ރިސޯޓަކަށް ވެލާ ރިސޯޓް ވެއްޖެއެވެ.

ވެލާ ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 740 ޔޫސް ޑޮލަރު ދީފައިވެއެވެ.

އެންމެ ގިނައިން މިދިޔަ މަހު ސާވިސް ޗާޖު ދިން ރިސޯޓަކަށް ވެލާ ހިމެނުނުއިރު، މިދިޔަ މޭ މަހުވެސް އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވަނީ ވެލާ ރިސޯޓުންނެވެ.

ވެލާ ރިސޯޓުން ބުނީ މިދިޔަ މޭ މަހު ސާވިސް ޗާޖުގެ ގޮތުގައި 1509.98 ޑޮލަރު ދީފައިވެއެވެ.

ވެލާ ރިސޯޓަށްފަހު ދެން އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވަނީ ވެލިގަނޑު އައިލެންޑް ރިސޯޓްއިންނެވެ. އަދި އޭގެ އިތުރުން ހުރަވަޅިން 605 ޑޮލަރު ދިންއިރު ވޮއްމުލިން 605 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެއެވެ.

މިއަހަރު ރިސޯޓަކުން ސާވިސް ޗާޖުގެ ގޮތުގައި އެންމެ ގިނައިން ދީފައިވަނީ މިދިޔަ ޖެނުއަރީމަހުއެވެ. އެ މަހު ވެލާ ރިސޯޓުން 3016.02 އެމެރިކާ ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެ އެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވެސް ސާވިސް ޗާޖުގެ ގޮތުގައި ފައިސާ މުވައްޒަފުންނަށް ދޭން ޖެހެއެވެ. ސާވިސް ޗާޖުގެ ގޮތުގައި ފަތުރުވެރިންގެ އަތުން ކޮންމެވެސް އަދަދެއް ނަގަ އެވެ. އަދި އެ ފައިސާ ހުރިހާ މުވައްޒަފުންނަށް ދެނީ ހަމަހަމައަށެވެ.

comment ކޮމެންޓް