ޝައިމް ފޮރުވި އަންހެންމީހާގެ ބަންދަށް ހަ ދުވަސް، ފިރިހެން މީހާއަށް 15 ދުވަސް

ގެއްލިގެން ހޯދި ޝައިމް އަބްދުﷲ، ---

ކުޑަކުދިންގެ ހިޔާގައި ހުއްޓައި ޝައިމް އަބްދުﷲ ފިލައިގެން ދިޔުމުން ފޮރުވައިގެން ގެންގުޅު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 46 އަހަރުގެ އަންހެން މީހާގެ ބަންދަށް ހަ ދުވަސް އަދި 23 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ފިލައިގެން އުޅިނިކޮށް ފުލުހުން ޝައިމް ހޯދާފަައި ވަނީ ބުރުޒުމަގު މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރެއިން އެވެ. ފުލުހުން އެގެއަށް ވަނީވެސް ގަދަކަމުން އެވެ.

ފުލުހުން ބުނީ ޝައިމް ފޮރުވައިގެން އުޅުނު މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ދިއުމުން އަންހެން މީހާގެ ބަންދަށް ހަ ދުވަސް އަދި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ބެލިފައި ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ފަހުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ މުވައްޒަފުންނަކީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިތިބި މީހުން ނޫން ކަމަށެވެ.

ޝައިމް ގެއްލުމާ ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

comment ކޮމެންޓް