ކާށިދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ ދޯނި ނަގަނީ

ކާށިދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ ދޯނި -- ފޮޓޯ: އެމްއެންޑީއެފް

ކ. ކާށިދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ ދޯންޏެއް ނެގުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.

މި ދޯނި އަޑިއަށް ދިޔައީ އިއްޔެއެވެ. އެމްއެންޑީއެފްއިން ބުނީ ލަޔަންސް ނަމަކަށް ކިޔާ 70 ފޫޓުގެ އެ ދޯނި އަޑިއަށް ދިޔަކަމުގެ މައުލޫމާތު އިއްޔެ ހަވީރު ލިބިފައިވާ ކަމަށެވެ.

ދޯނި އަޑިއަށް ދިޔައީ ކާށިދޫ ފަޅުން ނިކުންނަން އުޅުމުގެ ތެރޭގައި ދޯނީގެ ހުންގާނު ފެއިލްވެ ދޯންޏަށް ރާޅެއް އަރައިގެން ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފްއިން ބުންޏެވެ.

ކާށިދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ ދޯނި -- ފޮޓޯ: އެމްއެންޑީއެފް

ހާދިސާ ހިނގި ވަގުތު ކާށިދޫގެ ދެ ދޯންޏެއްގެ އެހީތެރިކަމާއެކު "ލަޔަންސް" ދޯނި ކާށިދޫޫ ފަޅުތެރެއަށް ވައްދާ ދޯނީގައި ހުރި މުދަލާއި ތަކެތި ހުސްކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ހާދިސާ ހިނގި އިރު އެ ދޯނީގައި ހަތަރު ދިވެހިންނާއި ބިދޭސީއަކު ދަތުރުކުރި އެެ. މި ދޯނި ފެން މަތި ކުރުމުގެ މަސައްކަތް، ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ކުރަމުންދާއިރު ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް