ފްރާންސްގެ ސިވިލް ސާވަންޓުންތަކެއް 25 އަހަރު އެއްވެސް ކަމެއް ނުކޮށް 1.7 މިލިއަން ޑޮލަރު

ފްރާންސްގެ ސިވިލް ސާވަންޓުންތަކެއް މުޒާޙަރާކުރަނީ---

ފްރާންސްގެ ސިވިލް ސާވަންޓުންތަކެއް 25 އަހަރު އެއްވެސް ކަމެއް ނުކޮށް 1.7 މިލިއަން ޑޮލަރު ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ މައްސަލަ ފެންމަތިވީ ފްރާންސްގެ ޕްރޮވިންސެއް ކަމަށްވާ އަލްޕްގެ ރިވާރިއާގެ ރީޖަނަލް އޮޑިޓް އޮފީހުން ކުރި އޮޑިޓްތަކަކުންނެވެ.

ފްރާންސްގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ތޫލޮންގެ ފެނުގެ ހިދުމަތްދޭ ތަނެއް 90 އިގެ އަހަރުތަކުގެ ތެރޭގައި ޕްރައިވެޓައިޒް ކުރުމަށް 30 މުވައްޒަފުންގެ ވަޒީފާ ގެއްލުނެވެ.

ނަމަވެސް ވަޒީފާތައް ގެއްލުނު މީހުންނަށް ވަޒީފާތަކެއް އެ ސަރަހައްދުގެ ލޯކަލް އޮތޯރީޓީތަކުން ހޯދައެއް ނުދެވެނެވެ. އެހެންކަމުން އެމީހުންނަށް ކުރިންވެސް ދެމުންއައި މުސާރަތައް ދިޔައީ ދެމުންނެވެ.

ވަޒީފާ ގެއްލުނު އެކަކު ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ޕްރިައިވެޓް ސެކްޓާގައި މެނޭޖަރެއްގެ ވަޒީފާ އާދާކުރަމުންވެސް ގަވައިދުން މުސާރަ ނަގަމުންނެވެ. އަދި ވަޒީފާ ގެއްލުނު މީހުންނަށް ފާއިތުވި އަހަރުތަކުގެ ތެޜޭގައި ވަނީ ޕްރޮމޯޝަންތައްވެސް ލިބިފައެވެ.

ފްރާންސްގައި ޓެކްސްއާއި އުޖޫރަ ކުޑަވުމުގެ މައްސަލައިގައި ފަހަކަށް އައިސް މުޒާހަރާތައް އިތުރުވެފައިވާއިރު، ސިވިލް ސާވަންޓުންގެ މައްސަލައިގައި އެގައުމުެގ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.

އަދި ދާދި ފަހުން އެގައުމުގެ ސަރުކާރުން 120،000 ވަޒީފާ މަދުކުރަން ނިންމި ނިންމުމާ ގުޅިގެންވެސް ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް