ހައިވޭގައި އެކްސިޑެންޓެއް ހިނގައި، ޓެކްސީއަކަށް ގެއްލުންވެއްޖެ

މާލެ-ހުޅުމާލެ ހައިވޭގައި މިއަދު ހެނދުނު އެކްސިޑެންޓުވި ކާރު --- ސަން ފޮޓޯ

ބާރު ސްޕީޑުގައި ހުޅުމާލެއިން މާލެއަށް ދުއްވާފައި އައި ކާރެއް، ހައިވޭގައި ހުޅުލެ ކައިރީގައި ހުރި ދަގަނޑު ފެންސްތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިދި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:50 އެހާކަންހާ އިރު ހައިވޭގައި ހިނގި އެ ހާދިސާގައި އެކްސިޑެންޓުވީ ޓެކްސީއެއް ކަމަށެވެ.

ޓެކްސީ ދުއްވަން އިނީ 50 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސަންސް ވެސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓުގައި ޑްރައިވަރަށް އެއްވެސް އަނިޔާއެއް ނުވި ނަމަވެސް ކާރަށް ބޮޑެތި ގެއްލުންތަކެއްވި އެވެ. އަދި ހައިވޭގެ އެއްފަރާތުގައި ހުރި ދަގަނޑު ފެންސަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުން ވި ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް