އުރީދޫގެ ކަލާރަންއާ އެކު އައްޑުއަށް ފޯރިގަދަ ހަފްތާ ބަންދެއް

އުރީދޫ ކަލާރަން 2018 ގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އުރީދޫ ކަލާ ރަން މި ހަފްތާ ބަންދުގައި އައްޑޫ ސިޓީގައި ބާޢްވާއިރު ކަލަރަން އާއެކު ފޯރިގަދަ ހަރަކާތްތަކެއް އެ ސިޓީގައި ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އުރީދޫ އިން ބުނެފި އެވެ.

މި ހަރަކާތްތަކުގެ ތެރެއިން އުރީދޫ ކުޑި މަހާސަމާ ނުވަތަ ކައިޓް ފެސްޓިވަލް މާދަމާ ހެނދުނު އަށަކުން 10 އަށް ހިތަދޫ ސްޓޭޖު ސަރަހައްދުގައި ކުރިއަށްގެންދާނެއެވެ. މި މަހާސަމާގައި ގުޑި ހެދުމުގެ ވޯކްޝޮޕްތަކާއި ކުޑަކުދިންނަށް ހާޢްސަ ކުޅިވަރުތައް އަދި ކަލާ ރަންގެ ކިޓުގެ ތެރެއިން ނުނަގާ ހުރި ކިޓުތައް ދޫކުރުން ކުރިއަށްދާނެއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ދައުވަތު ވަނީ އައްޑޫ ރައްޔިތުންނަށް ވަނީ ދީފައެވެ.

އުރީދޫ ކަލާ ރަން އޮންނާނީ މާދަމާ ހަވީރު 3:30 އިން 6:00 އަށް ހިތަދޫ ސްޓޭޖު ސަރަހައްދުގައެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމަކީ މަޖަލާއި އެކު ކުޑަކުދިންނާއި އާއިލާތަކަށް އެކުގައި ވަގުތު ހޭދަކުރުމަށް ލިބޭނެ ފުރުސަތެކެވެ.

މި ހަފްތާ ބަންދުގައި ޓްވިޓްސާފު ހަރަކާތްވެސް އައްޑޫގައި ކުރިއަށް ގެންދާނެއެވެ. ހޮނިހިރު ދުވަހުގެ ހަވީރު ތިނަކުން ހަޔަކަށް ސާފު ކުރުމުގެ ހަރަކާތް ކުރިއަށްގެންދާނީ ީ، ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ އެކި ސަރަހައްދުތަކުގައެވެ. ޓްވިޓްސާފުގެ ހަރަކަތް ކުރިއަށްގެންދާނީ ވޮލަންޓިއަރުންގެ އެހީއާއެކު އެވެ.

comment ކޮމެންޓް