ރަޝިޔާ އިން ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަދައިފި

ރަޝިއާ - ރާއްޖެ އޮން އެރައިވަލް ވިސގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: ފޮރިން މިނިސްޓްރީ

ރަޝިއާއަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ރަޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖޭ ލަވްރޯވްއާއެކު ވިސާގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވައިފައެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ރަޝިއާގައި ޑޮކްޓަރުކަން ކިޔަވަމުން ދެއެވެ. އަދި އޭގެ އިތުރުން ދިވެހި ފަތުރުވެރިން ރަޝިއާއަށް ކޮންމެސްވަރަކަށް ޒިޔާރަތް ކުރެއެވެ.

އަދި ރަޝިއާގެ ފަތުރުވެރިންވެސް ގިނަ އަދަދަކަށް ރާއްޖެއަށް ޒިޔާރަތްކުރެއެވެ. މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ރަޝިއާގެ ރައްޔިތުންނަށްވެސް 90 ދުވަހު ރާއްޖޭގައި އޮން އެރައިވަލް ވިސާގައި މަޑުކުރެވޭނެއެވެ.

ރަޝީއާއަކީ ރާއްޖޭޣެ މިނިވަންކަމަށްވެސް ވަރަށް ބޯޑަށް ވަކާލާތު ކުރެއްވި ގައުމެކެވެ. އަދި ރާއްޖޭގެ މިނިވަންކަަން އެންމެ ފުރަތަމަ ބަލައިގަތް ބޮޑު ބާރަކީވެސް ރަޝިއާއެވެ.

މިއީ ދިވެހިރާއްޖެއާއި ރަޝިޔާގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އާއި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފްގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދު އަދި ޑެސްކް އޮފިސަރު މަރިޔަމް އާސިފް އެވެ.

comment ކޮމެންޓް