ޝައިމް ގެލުމާއި ޖަލު ހަމަނުޖެހުމުގެ ތަފްސީލް ކެބިނެޓާ ހިއްސާކޮށްފި

މިއަދުގެ ކެބިނެޓް ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓައި ދަފްތަރު ނަންބަރު 2997 ޝައިމް އަބްދުﷲ، 14 ގެއްލުނު މައްސަލައިގެ ތަފްސީލު ވަޒީރުންގެ މަޖިލީހާ ހިއްސާ ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ޖެންޑާ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ އެ މައްސަލައިގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފައި ކަމަށެވެ.

ޝައިމް ހޯދަން އިއުލާނުކުރިތާ ހަފްތާއެއް ވީއިރު ވެސް އެކުއްޖާގެ ހަބަރެއް ވެފައެއް ނުވެ އެވެ.

ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ، 14

ޝައިމް ގެއްލުނުއިރު އެކުއްޖހާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ. އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވުނީ ކުށުގެ ވެށިން ކަމަށާއި ޝައިމް ހުރީ ކުޑަކުދިންގެ ހިޔާގައި ކަމަށް ޖެންޑާ އިން ވަނީ ބުނެފަ އެވެ. އޭނާ އެތަނުގައި ހުރީ އެސެސްމެންޓެއް ހެދުމަށެވެ.

ޝައިމް ހޯދުމަށް ތިން ގެއެއް ބަލައި ފާސްކޮށް ސީސީޓީވީ ފުޓޭޖްތައް ވެސް ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް