ވާވޭ ފޯނަކުން ފޮޓޯ ނަގައިގެން ޕީ30 ޕްރޯއެއް ހޯދުމުގެ ފުރުސަތު

ވާވޭ ޕީ30 ޕްރޯ ---

ވާވޭގެ ފޯނަކުން ފޮޓޯއެއް ނަގައިގެން ވާވޭ ޕީ30 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް މެކްސްކޮމްއިން ފަށައިފިއެވެ.

ވާވޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، މެކްސްކޮމްއިން ބުނީ އެއް މަސްދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ވާވޭގެ ފޯނަކުން ނަގާފައިވާ ފޮޓޯ މެކްސްކޮމްގެ ފޭސްބުކް ޕޭޖަށް ފޮނުވައި، އަމިއްލަ ފޭސްބުކް ޕޭޖަށް ޕަބްލިކަށް ފެންނަ ގޮތަށް އަޕްލޯޑު ކުރަންޖެހެއެވެ. މިގޮތަށް ފޮނުވާ ފޮޓޯއަކީ އެއްވެސް އެޑިޓެއް ކޮށްފައިވާ ފޮޓޯއަކަށް ވެގެން ނުވާނެކަމަށް މެކްސްކޮމްއިން ބުންޏެވެ.

ވާވޭ ބްރޭންޑުގެ ކޮންމެ ފޯނަކުންވެސް ފޮޓޯ ނަގައިގެން ބައިވެރިވެވޭ މި ޕްރޮމޯޝަނުން އެއްވަނައަށް ހޮވޭ ފަރާތަކަށް ދޭ ޕީ30 ޕްރޯއަކީ ވާވޭއިން މިއަހަރު ބާޒާރަށް ނެރުނު އެންމެ ވަރުގަދަ ފޯނެވެ.

ވާވޭ ޕީ30 ފޯނަކީ 50 ގުނައަށް ޒޫމްކުރެވޭ، އަދި ކަނު އަނދިރީގައިވެސް ސުޕަ އެޗްޑީ ކޮލިޓީގައި ފޮޓޯ ނެގޭ ފޯނެކެވެ. އަށް ޖީބީގެ ރެމްއަކާއެކު 128 ޖީބީގެ މެމޮރީ، 256 ޖީބީ އަދި 512 ޖީބީވެސް ހުރެއެވެ.

ބެޓެރީގެ އުމުރު ދިގު، އަދި ހަލުވި މި ފޯނުގެ ފީޗާތަކަށް ބަލާއިރު ފޯނުގެ އަލްޓްރާ ވައިޑް އެންގަލް ކެމެރާއަކީ 20 މެގަޕިކްސެލްގެ ކެމެރާއެކެވެ. މެއިން ސެންސާއަކީ 40 މެގަޕިކްސެލްގެ ސެންސާއެކެވެ. ޓެލެފޮޓޯއަކީ އަށް މެގަޕިކްސެލް އެވެ.

ޓީއޯއެފް ކެމެރާ އެއްވެސް މި ފޯނުގައި ވަނީ ހިމަނައިފަ އެވެ. ފޮޓޯގެ ޑީޓެއިލް ކެޕްޗާ ކުރެވޭނެ އެވެ. ސެލްފީ ނަގަން މަރުދޭ މީހުންނަށް މިއީ ރަނގަޅު ފޯނެކެވެ 32 އެމްޕީގެ ސުޕަ އެޗްޑީއާރު އަދި ލޯ ލައިޓް ޝޮޓު ނެގޭނެ އެވެ.

މި ފޯނުގެ ޑިސްޕްލޭ އަކީ 6.47 އިންޗީގެ ޑިސްޕްލޭއެކެވެ. މިފޯނުގެ ޑިސްޕްލޭ އިނީ "ކާވް" ކޮށްފައެވެ. މި ފޯނުގެ ބެޓެރީއަކީ 4200 އެމްއޭއެޗްގެ ބެޓެރީ އެކެވެ. ތިރީސް މިނެޓު ތެރޭ ވާވޭގެ ސުޕަޗާޖު ވަޔާ ޗާޖިން ބޭނުންކޮށްގެން މި ފޯނު ޗާޖު ކުރެވޭނެއެވެ. މިއީ ވަޔަލެސް ޗާޖިން އަދި ރިވާސް ޗާޖުވެސް ކުރެވޭނެ ފޯނެކެވެ.

comment ކޮމެންޓް