ލުތުފީ އޭސީސީއިން ވަކިކުރަން ކޮމިޓީއިން ފާސްކޮށްފި

އޭސީސީގެ ރައީސް ލުތުފީ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ކޮމިޝަނުން ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.

ލުތުފީ ކޮމިޝަނުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީއިން ފާސްކުރީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެގޮތަށް ހުށަހެޅުއްވީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ތިނަދޫ ދެކުނުު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ.

އޭސީސީއިން ލުތުފީ ވަކިކުރަން ކޮމިޓީއިން މިއަދު ފާސްކުރިއިރު، މިދިޔަ ފެބުރުއަރީ 10 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނަވަނީ ޗުއްޓީގަ އެވެ. އަދި ޗުއްޓީ ހަމަވި ނަމަވެސް، އޮފީހަށް ވަޑައިނުގެން ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ލުތުފީ ބަރާރަބަރަށް ގެންދަވަނީ މުސާރަ ނަންގަވަމުން އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު