މައިކް އާއި މައުރީނާގެ މައިކްސް: ރީތިވުމުގެ ހުރިހާ ހިދުމަތެއް

މައިކްސް ސެލޫން -- ފޮޓޯ: މައިކްސް

ރާއްޖޭގައި މޭކަޕް އާޓިސްޓުންގެ އަދަދު މިފަހުން މަދެއް ނޫނެވެ. މި ލިސްޓުގެ އެންމެ ކުރިން ޖާގަ ލިބޭނެ އެއް ނަމަކީ މީކާއިލް އަހުމަދު މަޝްހޫރު ނަމުން ނަމަ، މައިކް އެވެ. މައިކް ލައްވާ މޭކަޕް ކުރަން ނޫނީ ބޯކޮށާ ހެއާ ސްޓައިލް ކުރުވަން ބޭނުންވާ ފަރާތްތަކަށް މި ކަން މިހާރު ވަރަށް ފަސޭހަ ވާނެ އެވެ.

"މައިކްސް" ގެ ނަމުގައި އިއްޔެ ހުޅުމާލޭގައި ހުޅުވި ސެލޫން އަކީ މައިކް އާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ، ޕްރެޒެންޓަރު މައުރީންގެ ޕާޓްނާޝިޕްގެ ދަށުން ހުޅުވި ސެލޫނެކެވެ. ހެއާ އެންޑް ބިއުޓީގެ ހުރިހާ ހިދުމަތެއް ލިބޭނެ މި ސެލޫން ހުންނާނީ ހުޅުމާލޭ ސިޓީ ބޭކަރީ ކައިރީގަ އެވެ.

މައިކްސް ސެލޫން -- ފޮޓޯ: މައިކްސް

އެ ސެލޫނުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ބޯކޮށުން، ހެއާ ސްޓައިލިން، މޭކަޕް އަދި ފޭޝަލްގެ ހިދުމަތް ހިމެނެއެވެ.

މައިކްގެ އިތުރުން މަސައްކަތުގައި އެހެން ސްޓާފުންވެސް ބައިވެރިވާނެއެވެ. މައިކްގެ ބެލުމުގެ ދަށުން ނޫނީ ސީދާ މައިކްވެސް ހިދުމަތްދޭ މި ސެލޫން ގައި ބޭނުންކުރާ އުފެއްދުންތަކަކީ 100 ޕަސެންޓް ޖެނުއިން، އޮރިޖިނަލް އުފެއްދުންތައް ކަމަށް މައިކް ބުންޏެވެ.

މައިކް އަދި މައުރީން -- ފޮޓޯ: މައިކްސް

ދެ ޖިންސަށްވެސް ހިދުމަތްދޭ މި ސެލޫން އަށް ޒިޔާރަތްކުރާ މީހުންނަށް "ހޯމްލީ" އިހުސާސް ކުރެވޭނެ ހިދުމަތެއް ދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް މައިކް ބުންޏެވެ.

"ކޮމްފޮޓަބްލް، ހޯމްލީ ފީލް ކުރެވޭނެ އެކްސްޕީރިއަންސެއް ލިބޭނެ. އެކަހަލަ ސާވިސްއެއް ދިނުން އަމާޒަކީ،" މީގެ ކުރިން ބޮޑެތި ސެލޫންތަކުގައި މަސައްކަތްކޮށް، ފަހުން އަމިއްލަ އަށް ހެއާ އެންޑް ބިއުޓީގެ މަސައްކަތުގައި އުޅެމުންދާ ހުނަރުވެރިޔާ ބުންޏެވެ.

comment ކޮމެންޓް