ހަތިޔާރާއެކު "ރަންނަމާރި ހަންޓް"އަށް ސިފައިން ނިކުންނަނީ

ހަތިޔާރާއި ގޮވާތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ހިންގާ އަސްކަރީ ތަމްރީން، "ރަންނަމާރި ހަންޓް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި އަސްކަރިއްޔާ އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ރަންނަމާރި ހަންޓް އަންނަ އާދިއްތަ ދުވަހު ފަށަން ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ގޮވާ ތަކެއްޗާއެކު ކުރިއަށްގެންދާ މި އެކްސަސައިޒް ތަމްރީނުތައް ކުރިއަށްގެންދަން ނިންމާފައިވަނީ އާދިއްތަ ދުވަހުންފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ހަތިޔާރާއި ގޮވާތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ހިންގާ އަސްކަރީ ތަމްރީން، "ރަންނަމާރި ހަންޓް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަންނަމާރި ހަންޓު ކުރިއަށްގެންދާ ދުވަސްތަކުގައި އެއްގަމާއި ކަނޑުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެއެވެ. އަދި މާލެ އާއި ހުޅުމާލޭގައި އާމަޑް ވެހިކަލް ބޭނުން ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ހަތިޔާރާއި ގޮވާތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ހިންގާ އަސްކަރީ ތަމްރީން، "ރަންނަމާރި ހަންޓް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ހަތިޔާރުތައް ބޭނުންކުރާނީ އޭގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭނެ ގޮތަށެވެ.

މި އެކްސަސައިޒް ކުރިއަށްގެންދަން ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލޭގެ އިތުރުން ތިލަފުއްޓާއި ޅ. އަތޮޅާއި ރ. އަތޮޅުގައެވެ.

comment ކޮމެންޓް