ކުޑަ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަަމށް ފުލުހުން ބުނެފި އެވެ.
ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ދުވަހުގެ 09:29 ހާއިރުއެވެ.
ފުލުހުން މިރޭ ބުނީ، ގެއްލިގެން ހޯދަމުންދަނީ، އުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ، ދަފްތަރު ނަންބަރު ރސ 2997 ކަމަށެވެ.
ފުލުހުންގެ މީޑިއާ މިރޭ "ސަން" އަށް ވިދާޅުވީ، ކުއްޖާ ގެއްލިގެން ހޯދަމުންދާތާ ދެދުވަސް ވެފައިވާއިރު، އަދިވެސް އެ ކުއްޖާ ނުފެންނަ ކަމަށެވެ.
ގެއްލިގެން ހޯދާ ކުއްޖާއާ ބޭހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.