ހަނދާން ނެތިގެން ބޭއްވުނު ވޮލެޓަކުން ވިޔަފާރިކުރި ދެމަފިރިއެއްގެ މައްސަލަ ބަލަނީ

ހަނދާންނެތިގެން މީހަކު ބޭއްވި ވޮލެޓުން ވިޔަފާރިކުރި ދެމީހުން---

ހަނދާންނެތިގެން މީހަކު ފިހާރައެއްގެ ކައުންޓަރު މަތީގައި ބޭއްވި ވޮލެޓަކުން ވިޔަފާރިކޮށް އެ ވޮލެޓް ވަގަން ގެންދިޔަ ދެމަފިރިއެއްގެ މައްސަލަ ބަލަމުންދާ ކަަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލަ ފުލުހުން ބަލަން ފެށިއިރު އެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ދުވަސްވީ މީހަކު ވިޔަފާރިކޮށް ނިމިގެން ހަނދާން ނެތިގެން ވޮލެޓް ކައުންޓަރު މަތީގައި ބާއްވާތަން ފެނެ އެވެ.

އޭގެ ފަހުން ދެން ވީޑިއޯއިން ފެންނަނީ އަންހެނަކާއި ފިރިހެނަކު ކައުންޓަރު ކައިރިއަށް އަންނަ ތަނެވެ. އެތަނުގައި ތިއްބައި އެމީހުންނަށް އެ ވޮލެޓް ފެނިގެން ފިރިހެން މީހާ އެ ވޮލެޓްގައި ހުރި ފައިސާ ނަގައި ވިޔަފާރިކުރާތަން ފެނެ އެވެ. އެއަށްފަހު އެ ވޮލެޓް ނަގައި ފިރިހެން މީހާގެ ޖީބަށްވެސް ލައެެވެ.

ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމުކުރި ފަރާތުން ބުނީ އެ ވޮލެޓުން ވިޔަފާރި ކުރީ ދެމަފިރިން ކަަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހަޅާއިފައިވަނީ މިދިޔަ އަންގާރަ ދުވަހު މެންދުރު 1:15 އެހާކަންހާއިރު ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް