ރެޑްވޭވް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވަނީ----

ރެޑްވޭވް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ރެޑްވޭވްގެ ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރު ފެބްރުއަރީ 26 އިން މި އަހަރުގެ ރޯދަ މަހުގެ ނިޔަލަށެވެ.

ނަސީބުވެރިން ހޮވާފައި ވަނީ މިއަދު ރެޑްވޭވް މެގަ މޯލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި ރެޑްވޭވްގެ ފިހާރަތަކުން ވިޔަފާރިކޮށް ގުރުއަތުގައި ބައިވެރިވެ ނަސީބުވެރިންގެ ގޮތުގައި 25 ނަސީބުވެރިއެއް ވަނީ ގުރުއަތުން ނަގައިފަ އެވެ.

ރެޑްވޭވް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވަނީ----

ރެޑްވޭވް ރޯދަ ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބުނު ނަސީބުވެރިޔަކީ މުހައްމަދު ޝިޔާމް (ކޫޕަން ނަންބަރު : 56415) އެވެ.

ރެޑްވޭވުން ބުނީ ކޮންމެ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރުގެ ވެސް ރޯދަ ސޭލް ވެގެންދިޔައީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ޕްރޮމޯޝަނަކަށް ކަމަށެވެ. ރެޑްވޭވްގެ ޖުމްލަ 10 ފިހާރައިން އެތައް ހާސްކޫޕަނެއް ވިކިފައިވާ ކަމަށް ވެސް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ބުނީ ނަސީބުވެރި 25 ފަރާތަކަށް ރެޑްވޭވްގެ ބްރޭންޑްތަކުން 25 އިނާމް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް