ގެސްޓްހައުސް ތެރެއިން މަރުވެފައި އޮއްވާ ފެނުނު ޒުވާނާ ވަޅުލައިފި

މިއަދު މަރުވެފައި އޮއްވާ ފެނުނު ރާއިފު: އޭނާ މިރޭ ވަނީ ވަޅުލާފައި -- ފޮޓޯ/ އެފްސީ މާފަރު

މޭލޭ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮއްވާ މިއަދު ފެނުނު ޒުވާނާ ވަޅުލައިފިއެވެ.

ގެސްޓް ހައުސް ތެރެއިން މަރުވެފައި އޮއްވާ ފެނުނީ، ނ. މާފަރު، އާހިޔާ، އުމުރުން 22 އަހަރުގެ ރާއިފް ނިއުމާނެވެ.

ރާއިފް ވަޅުލާފައިވަނީ މިރޭ 11:00 އެހާކަށްހާއިރު އާސަހަރާ މިސްކިތުގައެވެ.

ފުލުހުން ބުނީ، މާފަންނު ގެސްޓްހައުސްއަކުން މިއަދު މެންދުރު 12:18 ހާއިރު އަގައިން ފޮނުތަކެއް އަރައިފައި އޮތް އެއްވެސް ހަރަކާތެއް ނުކޮށް އޮތް މީހެއްގެ މައްސަލަ އެކޮމިޝަނަށް ހުށަހެޅުނު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

comment ކޮމެންޓް