އުރީދޫއިން ރާއްޖެއަށް އީ-ސިމް ތައާރަފުކޮށްފިއެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އީ-ސިމް ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ހާންއެވެ.
އީ-ސިމްއަކީ މިހާރު ބޭނުންކުރާ ޕްލާސްޓިކް ފިޒިކަލް ސިމްގެ ބަދަލުގައި ޑައުންލޯޑު ކޮށްގެން ބޭނުންކުރެވޭނެ ސިމްއެކެވެ. ޕްރީޕެއިޑު ކަސްޓަމަރުންނާއި ޕޯސްޓުޕެއިޑް ކަސްޓަމަރުން އަދި ޓޫރިސްޓު ސިމްގެ ގޮތުގައި ބޭނުންކުރާނެ ސިމްވެސް ޑައުންލޯޑު ކުރެވޭނެއެވެ.
އުރީދޫއިން މިއަދު ތައާރަފުކުރި އީ-ސިމް ޑައުންލޯޑް ކުރެވޭނީ އީ ސިމް ކޮމްޕެޓިބަލް ޑިވަސް ތަކަށެވެ. މިހާރު ބާޒާރުން ލިބެންހުުރި ފޯނުތަކަށް ބަލާއިރު އީ ސިމް ޑައުންލޯޑު ކުރެވޭނީ އައިފޯނު އެކްސް އެސް، އެކްސް އެސް މެކްސް އަދި އައިފޯނު އެކްސް އެސް އާރުގެ އިތުރުން ގޫގުލް ޕިކްސެލް 3 އަށެވެ.
އީ-ސިމް މެދުވެރިކޮށް، ފޯނުން ސަޕޯޓު ކުރާ އަދަދަށް ނަންބަރު ބޭނުން ކުރެވޭނެއެވެ. ބައެއް ފޯނުތަކަށް ހަ ނަންބަރު އަނެއްބައި ފޯނުތަކަށް ނުވަ ނަންބަރު ބޭނުން ކުރެވޭނެއެވެ.
އީ ސިމް އެކްޓިވޭޓު ކުރުމަށް:
1. އީ-ސިމް ޕޭޖަށް ޒިޔާރަތްކޮށްލައްވާ http://ore.do/oesim
2. އީ-ސިމް ޕްލޭނުތަކުގެ ތެރެއިން ބޭނުން ޕްލޭނެއް އިހުތިޔާރު ކުރައްވާ
3. ފޯނު ނަންބަރު ރެޖިސްޓްރީކޮށްލައްވާ
4. އޮންލައިންކޮށް ފައިސާ ދައްކާ
5. ކޮންފަމޭޝަން މެސެޖެއް ލިބިވަޑައިގަންނަވަނެ. އެ މެސެޖުގައިވާ ކިޔުއާރުކޯޑު ސްކޭންކޮށް، އީ-ސިމް އެކްޓިވޭޓު ކުރައްވާ
އުރީދޫއިން ބުނީ އީ-ސިމްއަށް ޗާޖުކުރާނީ އާންމުކޮށް ސިމްތަކަށް ޗާޖުކުރާ އަދަދުން ކަމަށްވެސް އުރީދޫއިން ބުންޏެވެ. މި ހިދުމަތާއެކު އީ-ސިމްގެ ހިދުމަތް ލިބޭ ގައުމުތަކަށް ޒިޔާރަތްކުރާއިރު އެ ގައުމެއްގެ ސިމް ކާޑު ގަތުމުގެ ބަދަލުގައި ޑައުންލޯޑު ކޮށްލެވޭނެއެވެ.
މި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބްހާން ވިދާޅުވީ އީ ސިމްގެ ހިދުމަތާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށްވެސް ކުރިއެރުންތައް އަންނާނެ ކަމަށެވެ.
"ރާއްޖޭގެ އިގްތިސޯދު ބިނާވެފައި މި އޮންނަނީ ފަތުރުވެރިކަމުގެ މައްޗަށް. މި ހިދުމަތާއެކު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް، ފްލައިޓު އެއާޕޯޓުގައި ޖައްސާ ހިސާބުން ޓޫރިސްޓު ސިމް އެކްޓިވޭޓު ކޮށްލެވޭނެ،"