އީމް ނިޒާމުގެ މޭކަޕް ކްލާސް މިފަހަރު ތޮއްޑޫގައި

އީމް ނިޒާމު ރަސްދޫގައި ކުރިއަށްގެންދިޔަ މޭކަޕް ވޯކްޝޮޕް -- ފޮޓޯ: އީމް ނިޒާމް

އީމް ނިޒާމު އިންތިޒާމުކުރާ މޭކަޕް ކްލާހެއް އއ. ތޮއްޑޫގައި ބާއްވަން ނިންމައިފިއެވެ.

ޒައި އާޓް އެތިކްސް އަދި އަމާން ނިޒާމް އާއި ގުޅިގެން ބާއްވާ މޭކަޕް ބިގިނާސް ކްލާހަކީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކްލާސްތަކެކެވެ.

ކޮންމެ ދުވަހަކުވެސް ހަތަރު ގަޑީއިރުގެ ކްލާސްތަކެއް ބާއްވައި، ކޯހުގެ ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ބައިވެރިންނަށް އިނާމު ދޭން ނިންމާފައިވާކަމަށް މި ކްލާސްތައް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.

ކެޕްޝަން..

ތޮއްޑޫގައި ކުރިއަށްގެންދާ މި ކްލާސްތަކުގައި މޭކަޕް ކުރާނެ ގޮތް ދަސްކޮށްދީ އެކަން ވިޔަފާރިއެއްގެ ގޮތުގައި ކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ.

މީގެ ކުރިން އީމް ނިޒާމު ވަނީ އއ ރަސްދޫގައިވެސް މޭކަޕް ބިގިނާ ކްލާސްތަކެއް ކުރިއަށް ގެންގޮސްފައެވެ. ރޯދަ މަހުގެ ކުރިން ކުރިއަށްގެންދިޔަ އެ ކްލާސްތަކަށް ރަސްދޫގެ ޒުވާން އަންހެނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.

މިފަދަ ކްލާސްތައް އީމް ނިޒާމް ވަނީ ޒައި އާޓް އެތިކްސް އާ ގުޅިގެން އައްޑޫ ސިޓީގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް