ރާއްޖޭގެ 1000 ސިވިލް ސާވެންޓުން އިންޑިއާއިން ތަމްރީންކުރަނީ

ސިވިލް ސާވިސް މުވައްޒަފުންތަކެއް: ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ފަސްއަހަރު ތެރޭ ރާއްޖޭގެ 1000 ސިވިލް ސާވަންޓުން އިންޑިއާގެ ސިވިލް ސާވެންޓުން ތަމްރީން ކުރާ ދަ ނެޝެނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީސީ)އިން ނިންމައިފިއެވެ.

އެއް ހާސް ސިވިލް ސާވެންޓުން ތަމްރީން ކުރަން ނިންމިކަން ސިވިލް ސާވިސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުގައި ސިވިލް ސާވެންޓުން ތަމްރީން ކުރަން އެމްއޯޔޫއެއްގައި ވަނީ ސޮއިވެސްކޮށްފައެވެ.

އިންޑިއާގެ ނޫހަކުން ބުނީ ސިވިލް ސާވެންޓުން ތަމްރީން ކުރާނީ ރާއްޖޭގެ ސިވިސް ސާވިސްއިން ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން ކަަމަށެވެ. އަދި ބުނީ އެކަމާ ގުޅޭ ހުރިހާ ހަރަދުތަކެއް ކުރާނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން ކަަމަށެވެ.

ސިވިލް ސާވެންޓުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ދާްއިރާތަކުގެ ތެރޭގައި އީ ގަވާނަންސް، ސާވިސް ޑެލިވަރީ، ޕަބްލިކް ޕޮލިސީ، އައިޓީ، އާބަން ޑިވޮލޮޕްމަންޓް ފަދަ ކަންތައްތައް ހިމެނެއެވެ.

އޭގެ އިތުރުން އިންޑިއާގެ އެންސީޖީސީއިން ރާއްޖޭގެ ސިވިލް ސާވިސް ޓްރެއިނިން އިންސްޓްޓިއުޓްއިން އެކި ކަހަލަ ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމުަށް އެހީތެރިވެދޭނެ ކަަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

އިންޑިއާގެ އެންސީޖީސީއިން މީގެ ކުރިން ވަނީ ގެމްބިއާ، މިޔަންމާ އަދި ބަންގުލަދޭޝްގެ ސިވިލް ސާވެންޓުންވެސް ތަމްރީންކޮށްފަ އެވެ.

comment ކޮމެންޓް