75 އަހަރުކުރީގެ ހަނދާން އާކުރުމަށް، 97 އަހަރުގައި ޕެރަޝޫޓުގައި ފުންމާލައިފި

ޑިޑޭ އަށް 75 އަހަރު ފުރުން---

ޖަރުމަނުގެ އަނިޔާވެރިކަމުން ހުޅަނގު ޔޫރަޕް މިނިވަންކުރުމަށް ހިންގި މައިގަނޑު އެއް އޮޕަރޭޝަން "ޑީޑޭ"ގެ 75 އަހަރު ކުރީގެ ހަނދާން އާކުރުމަށް އެ ހަނގުރާމައިގައި ބައިވެރިވި ޓޮމް ރައިސް 97، ޕެރަޝޫޓެއްގައި ފުންމާލައިފި އެވެ.

ޑީޑޭ އަކީ ދެވަނަ ބޮޑު ހަނގުރާމައިގާ ނާޒީ ޖަރުމަނުގެ ޒައީމް އެޑޮލްފް ހިޓްލަރުގެ އަނިޔާވެރިކަމާ ދެކޮޅަށް ޔޫރަޕްގެ މިނިވަން ކަމަށް ޓަކައި ހަނގުރާމަކުރި އިއްތިހާދީންގެ ލަޝްކަރުތައް ފަރަންސޭސިވިލާތުގެ ނޯމަންޑީގެ އައްސޭރިފަށަށް ފޭބި ތާރީޚީ ހާދިސާއެކެވެ.

އަސްކަރީ އެންމެ ވަރުގަދަ އެއް އޮޕަރޭޝަނުގައި ބައިވެރިވި ޓޮމް އެދުވަހު ސަލާމަތްވި ގޮތުގެ ވީޑިއޯއެއް ކުޅެ ވަނީ އާންމުންނަށް ދައްކާލާފަ އެވެ. ޑީޑޭ ދުވަހު އޭނާ ބޯޓުން ފުންމާލި އިރު އޭނާގެ ގަޔަށް ވަނީ އެކި ފަހަރު މަތިން ބަޑި ޖަހައިފަ އެވެ.

ޑިޑޭ އަށް 75 އަހަރު ފުރުން---

ޕެރަޝޫޓްގެ އެހީގައި ޓޮމް މިފަހަރު ފުންމާލިއިރު ފުންމާލީ އެމެރިކާގެ ދިދަ ހިފައިގެންނެވެ.

ޕެރަޝޫޓްގައި ކާމިޔާބުގައި ފުންމާލާ ބިމަށް ތިރިވަމުން ކާމިޔާބު ލިބުނުކަން އަންގާލުމަށް އޭނާ ވަނީ "ޕީސް" ސައިން ދައްކާލާފަ އެވެ. ޓޮމް ބުނީ އެ ދުވަހުގެ ހަނދާން އާ ކޮށްލުމުން ހިތަށް ހަމަޖެހުން ލިބިއްޖެ ކަމަށެވެ.

ކާމިޔާބު ލިބުނުކަން ޓޮމް ވަނީ ޕީސް ނިޝާނުން އަންގާފައި---

އެ ދުވަހު ވަނީ ފްރާންސްގެ ނޯމަންޑީ އާ ގުޅިފައިވާ ލަޝްކަރު ކަނޑު މަގުން އެކަނި ވެސް 160،000 ސިފައިން އަރައިގަނެފަ އެވެ. އެ ހާދިސާ ހިނގީ 1944 ޖޫން ހަވަނަ ދުވަހު އެވެ.

ޑިޑޭ އަށް 75 އަހަރު ފުރުން---

އެ ހާދިސާ ހިނގި ދުވަހަކީ ރާޅުތައް ބޮޑެތި ހިސާބަކަށް ވާތީ ލޭންޑިން ކްރާފްޓްތައް ހެދީ އެކަމަށް ވިސްނައިގެންނެވެ.

އެ ހާދިސާގައި ގިނަ އަދަދެއްގެ ސިފައިން ވަނީ މަރުވެފަ އެވެ. އަދި ވީނުވީއެއް ނޭނގި ގިނަ ބަޔަކު ވަނީ ގެއްލިފަ އެވެ.

comment ކޮމެންޓް