ގޮމަ: މިފަހަރު ޗޫޓިގެ ތަފާތު ކްރިއޭޓިވް ލުކް އެއް!

މި ނިމުނު ރޯދަ މަހު ސަން އިން ގެނެސްދޭން ފެށި ގޮމަ ސީރީޒްގެ ތިންވަނަ މެހެމާނަކީ އާމިނަތު ހިޝާން (ޗޫޓި) އެވެ. މި އެޕިސޯޑްގައި މޮޑެލް އެއްގޮތުގައި ބައިވެރިވީ ހުނަރުވެރި ބަރިސްޓާއެއް ކަމުގައިވާ ފާތުމަތު މައިހާ އާދަމް ޒާހިރު އެވެ.

އެހެން އެޕިސޯޑުތަކާއި ހިލާފަށް މި އެޕިސޯޑުގައި ޗޫޓި ކިޔާދެނީ ވަރަށް ތަފާތު އަދި ކްރިއޭޓިވް ލުކްއެއް ކްރިއޭޓް ކޮށްލާނެ ގޮތެވެ. އެހެންނަމަވެސް މިއީ ހަމަ ކޮންމެ މީހަކަށްވެސް ޓްރައިކޮށްލެވޭނެ ލުކްއެއް ކަމަކަށް ޗޫޓި ބުނެއެވެ.

ކުރިއަރަމުން އަންނަ މޭކަޕް އާޓިސްޓުންގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ނަމަކީ ޗޫޓިއަށް ވާއިރު، އޭނާގެ މޭކަޕްތަކުގެ އެންމެ ހާޢްސަ ކަމަކީ މޫނުގެ ހަމުގެ ކުލައާއި އޭނާގެ ފައުންޑޭޝަންތައް ގުޅުވާފައި ހުންނަލެއް މޮޅުކަމާއި އަދި ހަމުގެ ރީތިކަން ގެނެސްދޭލެއް ފުރިހަމަކަމެވެ.

ޗޫޓިވަނީ އޭނާގެ ޓިއުޓޯރިއަލްގަި މި ދެންނެވި ހުރިހާ ވާހަކައެއްވެސް ކިޔައިދީ ވަރަށް ތަފާތު ބިއުޓީ ޓިޕްސްތަކެއް ހިއްސާކޮށްފައެވެ.

comment ކޮމެންޓް