ހައިވޭގައި އެކްސިޑެއްޓެއްވެ، ޑިވައިޑަރުތައް އެކީ ފުނޑުފުނޑު

މިއަދުގެ އެކްސިޑެންތުގައި ބްރިޖު ހައިވޭގެ ޑިވައިޑަރު ފުނޑުފުނޑުވެފައި -- ފޮޓޯ: ޕޮލިސް

މާލެ-ހުޅުމާލެ ލިންކު ރޯޑުގައި އެކްސިޑެންޓެއް ހިނގައި، ލިންކް ރޯޑުގެ ޑިވައިޑަރުތައް ފުނޑުފުނޑު ވެއްޖެއެވެ.

ފުލުހުން ބުނީ މާލެ އިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ވެލިކަލަކުން އބްރިޖު ހައިވޭގެ ރޯޑް ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓުވެފައިވާކަމުގެ ރިޕޯޓު މިއަދު 10:15 ހާއިރު ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓުވި ވެހިކަލް މަޑުނުކޮށް ގޮސްފައިވާ ކަމަށާއި އެ ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން އާންމުކޮށްފައިވާ ފޮޓޯ އިން ފެންނަގޮތުގައި ހުޅުމާލެ އާ ވީފަޅިން ޑިވައިޑަރުތަކުގެ ބޮޑުބައެއް ވަނީ ކުދިކުދި ވެފައެވެ.

ސިނަމާލެ ބްރިޖު ހުޅުވިފަހުން ފާއިތުވި ދުވަސްތަކުގައި ބްރިޖާއި ހައިވޭގައި ގިނަ އެކްސިޑެންޓުތައް ހިނގާފައިވާއިރު، ބްރިޖު ހައިވޭގެ ރޯޑް ޑިވައިޑަރުތައް އެކިފަހަރު މަތިން ހިނގި އެކްސިޑެންޓުތަކުގައި ވަނީ ފުނޑުފުނޑުވެފައެވެ. ޑިވައިޑަރުތައް ހަލާކުވިނަމަވެސް، އެތަންތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް މިހާތަނަށް ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް