ސަޢުދީ ޢަރަބިއްޔާއަށް ހަނދު ފެނިއްޖެ

ސަޢުދީ ޢަރަބިއްޔާއަށް ހަނދު ފެނިއްޖެ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިއްޖެ އެވެ. މި ގޮތުން ސަޢުދީ ޢަރަބިއްޔާގެ ތުމައިރަށް ހަނދު ފެނިފައިވާ ކަމަށް ހަރަމައިންއިންފޯއިން ވަނީ ޓްވީޓްކޮށްފައެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މައްކާއަށް ހަނދު އޮއްސިފައި ވަނީ އިރުއޮއްސުމުގެ 6 މިނެޓް ފަހުންނެވެ.

މާދަމާ 04 ޖޫން 2019 ވާ އަންގާރަ ދުވަހަކީ މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމަށް ރަސްމީކޮށް ސަޢުދީ ޢަރަބިއްޔާގެ ސުޕްރީމް ކޯޓުން ވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް