ދަރިވަރުންގެ ގޮތުގައި ފްރާންސްގެ ސްކޫލެއްގައި ކަންބަޅި

ފްރާންސްގެ ސްކޫލަށް ވެއްދި ކަންބަޅިތައް--- ފޮޓޯ: ރޮއިޓާސް

ފްރާންސްގެ ކުޑަކުޑަ އަވަށެއް ކަމަށްވާ ކްރެސްޓް އެން ބެލެޑޯން ގައި ހުންނަ ޕްރައިމަރީ ސްކޫލެެއް ކަމަށްްވާ ޖޫލްސް ފެރީގައި ކުދިން ހަމަނުވެގެން ދަރިވަރުންގެ ގޮތުގައި ކަންބަޅި ސްކޫލަށް ވައްދައިފި އެވެ.

އެ އަވަަށަކީ 4000 މީހުން ދިިރިއުޅޭ އަވަށެކެވެ.

އެ ސްކޫލުގައި ކުރިން 266 ދަރިވަރުން ތިބި ނަމަވެސް ވަނީ އެ އަދަދު 261 އަށް ވެއްޓިފަ އެވެ. އެކަމާ ގުޅިގެން އެ ސްކޫލު ބަންދުކުރާނެކަމުގެ އިންޒާރު އޮތީ ދީފަ އެވެ.

އެކަމާ ގުޅިގެން އެ ސްކޫލަށް 15 ކަންބަޅި ވަނީ ވައްދައިފަ އެވެ.

ސްކޫލަށް ކުދިން ހަމަނުވެގެން ކަންބަޅި އެންރޯލްކުރަން ނިންމި ނިންމުމަކީ ބެލެނިވެރިންގެ ހިޔާލެކެވެ. އެ ހިޔާލަށް އެ އެވަށުގެ މޭޔަރު ޖީން ލުއިސް މަރޭތް ވެސް ވަނީ ތާއިދުކުރައްވައިފަ އެވެ.

އެ ހިޔާލަށް އެ އަވަށުގެ ރައްޔިތުންގެ ތާއިދު ލިބިފައިވާއިރު، އެ ކަންބަޅިތައް ސްކޫލަށް ފޯރުކޮށްދީފައިވަނީ މައިކަލް ގެރިއާޑް ކިޔާ ދަނޑުވެރިއެކެވެ.

އެ ސްކޫލަށް ކަންބަޅި ވެއްދުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މޭޔަރަށް ވަނީ ކަންބަޅިތަކުގެ އުފަންދުވަހުގެ ސެޓްފިކެޓް އަރުވައިފަ އެވެ. -- ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް