ރޯދައަށް މޯލްޑިވިއަން އިން އަގުހެޔޮކޮށް ޓިކެޓް ވިއްކަނީ

މޯލްޑިވިއަންގެ ފްލައިޓެއް -- ސަން ފައިލް ފޮޓޯ/ އިއްތިޝާމް

ރޯދަ މަހަށް ހާއްސަކޮށްގެން ގައުމީ އެއާލައިން މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނީ ރިޓާން ޓިކެޓު ނަގާނަމަ އަގުހެޔޮ ފެއާގައި ޓިކެޓު ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ނަގާ ޓިކެޓުގައި ދަތުރު ކުރެވޭނީ މެއި މަހުގެ ފަސްވަނަ ދުވަހާއި 28 ވަނަ ދުވަހާއި ދެމެދުގައެވެ. އެންމެ ލަސްވެގެން ދަތުރު ކުރުމުގެ ތިންދުވަަސް ކުރިން ޓިކެޓު ގަންނަން ޖެހޭނެ ކަމަށާއިި މި ޕްރޮމޯޝަން ކުރިއަށް ދާނީ މެއި 25 ގެ ނިޔަލަށް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މި ޕްރޮމޯޝަނުގެ ދަށުން މޯލްޑިވިއަން އިން ޓިކެޓު ވިއްކާ އަގުތައް:

  • ދަރަވަންދޫ: 999 ރުފިޔާ
  • ކުޑަހުވަދޫ އަދި އިފުރު: 1388 ރުފިޔާ
  • ހަނިމާދޫ، ތިމަރަފުށި އަދި ކައްދ:ޫ 1477 ރުފިޔާ
  • ކޫއްޑޫ އަދި ކާޑެއްދޫ: 1515 ރުފިޔާ
  • ގަން އަދި ފުވައްމުލައް: 1544 ރުފިޔާ

މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ދަށުން މޯލްޑިވިއަން އިން ވަނީ މީގެ ކުރިން އެ އެއާލައިނުން ޑޮމެސްތިކް މަންޒިލްތަކަށް ޓިކެޓު ވިއްކި އަގުތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފައެވެ.

comment ކޮމެންޓް