ވައި ސާފުކޮށްލައި ތާޒާކޮށްލަން ވިނިކްސް އެއާ ޕިޔުރިފަޔާ

ވައި ބަންދުވެފައި ހުންނަ ނުސާފު މާހައުލުތަކަކީ ފަސޭހައިން ބަލިތައް ޖެހޭ، ސިއްހަތަށް އޭގެ ނުރަނގަޅު އަސަރު ކުރާނޭ ކަމެކެވެ.

ޔަގީންކަމަކީ، ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކު ވެސް އިސްކަންދޭނެ އެވެ. އެކަމަކު، މާލެފަދަ ތޮއްޖެހިފައިވާ، ތަނެއްގައި، ހާއްސަކޮށް ކުދި ކުދި ގޮޅިތަކެއްކަހަލަ އެޕާޓްމެެންޓު ތަކުގައި އުޅޭ މީހުންނަށް ސާފުވައި ނުލިބުމުގެ ނުރައްކާ އެބަ އޮތެވެ. ނަތީޖާއަކަށް ވަނީ ބަލިޖެހެން އޮންނަ ޗާންސް އިތުރުވުމެވެ. މި ބަލިތަކަކީ އާންމުކޮށް މާހައުލުގެ ވައި ނުސާފުވުމުގެ ސަބަބުން ޖެހޭ ބަލިތަކަކަށް ވާއިރު، މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ހޯދިދާނެ ފަސޭހަ ހައްލެއް އެބައޮތެވެެ.

ގައިޑެންސް ލައިފް އިމްޕްރޫވްމެންޓުން އެކަމަށް ހައްލު ހޯދައިދީފި އެވެ. މި ކުންފުނިން ވިނިކްސް ބްރޭންޑުގެ އެއާ ޕިޔުރިފަޔާ ރާއްޖެ ގެނެސް ވިއްކަން ވަނީ ފަށައިފަ އެވެ. ވިނިކްސް އެއާ ޕިޔުރިފަޔާ އަކީ ވައިގައި ހުންނަ ޖަރާސީމާއި ބެކްޓީރިއާތައް ނައްތާލައި، މާހައުލުގައި ހުންނަ ނުބައިވަސްތައް ކަނޑުވާލާނެ އެއްވަނައިގެ އުފެއްދުމެކެވެ. މި އެއާޕިޔުރިފަޔާގެ އެހީއާ އެކު މާހައުލުގެ ވައި މުޅިން ސާފުކޮށްދެ އެވެ.

މާހައުލުގެ ވައި ސާފުކުރުމަށް ވިނިކްސް އެއާޕިޔުރިފަޔާ-- ފޮޓޯ: ގައިޑެންސް ލައިފް

ދުނިޔޭގެ އެކި ގައުމުތަކުގެ އިތުބާރު ލިބިފައިވާ ވިނިކްސް އެއާ ޕިޔުރިފަޔާ އަކީ އެނާޖީ ސްޓާ ސެޓިފައިޑް، އަދި އެލާޖީ ސެޓިފައިޑް އުފެއްދުމެކެވެ. މިއީ ވައި ނުސާފުވުމުގެ ސަބަބުން ދިމާވާ އެލާޖީގެ މައްސަލަތަކަށް ހައްލު ގެނެސްދީ، މާހައުލުގެ ނުސާފުކަމުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ޖެހޭ އެކި ރޯގާތަކާއި ބަލިތަކުން ރައްކާތެރިކޮށްދޭނެ އުފެއްދުމެކެވެ.

ވިނިކްސް އެއާޕިޔުރިފަޔާގައި

  • އެއާކޮލެޓީ ސްމާޓް ސެންސާ ހިމެނޭ
  • އެއާކޮލެޓީ ވިޒުއަލް އިންޑިކޭޓާއެއް
  • ލައިޓް ސެންސާ
  • އޮޓޯ މޯޑު
  • ވައި ސާފުވާމިންވަރު އެނގޭނެ
  • ޓްރޫ ހެޕާ ފިލްޓާސް
  • ވައިފައި ފީޗާއާއެކު މި ޕްރޮޑަކްޓް ފޯނުން ކޮންޓްރޯލު ކުރެވޭނެ
  • ޕްލާޒްމާ ވޭވް ޓެކްނޮލަޖީ

ވިނިކްސް އަކީ ބައިނަލްއަގުވާމީ ދެ އެވޯޑަކާއި ހަތަރު ސެޓްފިކެޓެއްވެސް ލިބިފައިވާ އިތުބާރު ހުރި އުފެއްދުމެކެވެ. އޭގެތެރެއިން އެންމެ ފާހަގަކުރެވެނީ ރެޑްޑޮޓް އެވޯޑެވެ.

މާލޭގައި އާންމުކޮށް މީހުން އުޅޭ ކުދި އެޕާޓްމެންޓުތަކުގައި ހުންނަ ހާސްކަން ފިލުވާލައި، ކައްކާއިރު ހުންނަ ވަސް ކަނޑުވާލާ، ވައިގައި ހުންނަ ހިރަފުސް ސާފުކޮށްދޭ މި އުފެއްދުމަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދަމުން އަންނަ އުފެއްދުމެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިނިކްސްގެ 500 އަށްވުރެ ގިނަ ކަސްޓަމަރުން ތިބިއިރު، ވިނިކްސް އެއާ ޕިޔުރިފަޔާ އަކީ ވައިސާފުކުރަން މުޖައްރިބު އުފެއްދުމެއްކަމަށް މި ހުރިހާ ކަސްޓަމަރުން ވެސް އިއްތިފާގުވެ އެވެ.

މާހައުލުގެ ވައި ސާފުކުރުމަށް ވިނިކްސް އެއާޕިޔުރިފަޔާ-- ފޮޓޯ: ގައިޑެންސް ލައިފް

ވިނިކްސް އެއާޕިޔުރިފަޔާއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ރަމަޟާން މަހާ ދިމާކޮށް ގައިޑެންސް ލައިފް އިމްޕްރޫވްމެންޓުން ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލައިފަ އެވެ. ހާއްސަ ޑިސްކައުންޓު އަގެއްގައި ރޯދަ އާއި ދިމާކޮށް ވިނިކްސް ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން 6850 ރުފިޔާ އަށް މި ޕްރޮމޯޝަނުގެ ދަށުން ވިނިކްސް އެއާޕިޔުރިފަޔާ ގަންނަން ލިބޭނެ އެވެ. މީގެ އިތުރުން ދެ ކޮޓަރީގެ އެޕާޓުމެންޓުތަކުގައި އުޅޭ މީހުންނަށް ހާއްސަކޮށްގެން، ގަންނަ ކޮންމެެ ތިންވަނަ އެއާޕިޔުރިފަޔާ އަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް މިހާރު ކުރިއަށް އެބަގެންދެ އެވެ.

ގައިޑެންސް ލައިފް އިމްޕްރޫވްމެންޓުން ގަންނަ ކޮންމެ ވިނިކްސް އެއާޕިޔުރިފަޔާ އަކަށް ދެ އަހަރުގެ ވޮރެންޓީ ލިބޭނެ އެވެ.

މާބަނޑުމީހުންނަށާއި، ކުޑަކުދިންނަށް އަދި ނޭވާލުމުގެ މައްސަލަތައް ހުންނަ މީހުންނަށާއި ވައި ދައުރުނުވާނެހެން ބަންދުވެފައި ހުންނަ ތަންތަނުގައި އުޅޭ މީހުންގެ މާހައުލު ސާފުކޮށްލުމަށް ކޮންމެހެންވެސް ބޭނުންވާނެ ވިނިކްސް އެއާޕިޔުރިފަޔާ އަށް ހާއްސަ ޑިސްކައުންޓް ރޭޓުގައި އަވަހަށް ގަންނަން ހިނގާށެވެ. ރޯދަމަހު ގޭގައި ހަދާ ހެދިކާތަކުގެ ވަސް އަވަހަށް ފިލުވާލައި، ގޭތެރެ ތާޒާ ކޮށްލުމަށް ވިނިކްސް އެއާޕިޔުރިފަޔާ ގަންނަން މި އޮތީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ.

ގައިޑެންސް ލައިފް އިމްޕްރޫވްމެންޓުގެ ހޮޓްލައިން 9994899 އަށް ގުޅާލާށެވެ.

comment ކޮމެންޓް