އެމްޕީއެލް އާއި ޓިވެޓް ގުޅިގެން މީހުން ތަމްރީން ކުރަނީ

އެމްޕީއެލްއާއި ޓިވެޓް ގުޅިގެން މީހުން ތަމްރީން ކުުރުމަށް މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) ގުޅިގެން އެކި ދާއިރާތަކުން މީހުން ތަމްރީނުކުރަން އެއްބަސްވެއްޖެ އެވެ.

މީހުން ތަމްރީން ކުރުމާ ބެހޭ ގޮތުން ޓިވެޓާއި އެމްޕީއެލްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ.

މިއަދު ހެނދުނު އެމްޕީއެލްގައި އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. އަދި ޓިވެޓްގެ ފަރާތުން ސޮއިކުރެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެމުން ޓިވެޓްގެ ޑިރެކްޓަރު އަހުމަދު ނިޝާމް ވިދާޅުވީ މިއީ އެމްޕީއެލްގެ މުވައްޒިފުން ތަމްރިީން ކުރުމަށް އެކުލަވާލި އެއްބަސްވުމެއް ނަމަވެސް، އެ ފުރުސަތުގެ ދަށުން އެމްޕީއެލްގައި ނޫޅޭ މުވައްޒަފުންނަށް ވެސް އެ ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ބޭނުންވާ ދާއިރާތަކަށް މީހުން ތަމްރީން ކުރެވޭނެ ކަމަށް ނިޝާމް ވިދާޅުވި އެވެ. ހަ މަސް ދުވަހުގެ އެ ޕްރޮގާމްއިން އަހަރަކު، 100 މީހުން ތަމްރީން ކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއްބަސްވުމުގެ ދަށުން މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ބައެއް ދާއިރާތައް

  • އޮޓޮމޭޓިކް މެޝިން އެންޑް މެއިންޓެނަންސް
  • މެރިން މެކޭނިކް
  • އައިޓީ ޓެކްނީޝަން
  • އިލެކްޓްރިޝަން
comment ކޮމެންޓް