އެމްޕީއެލް އިން މާލެ-ހުޅުމާލެ އާ ރޫޓަކުން ބަސް ދަތުރުތައް ފަށަނީ

އެމްޕީއެލް އިން ހިދުމަތްދޭ ބަހަކަށް މީހުން އަރުވަނީ --- ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލެ އާއި މާލެ އާއި ދެމެދު ކުރާ ބަސް ދަތުރުތައް އާ ރޫޓަކަށް ފުޅާކުރަން ނިންމައިފިއެވެ.

އެމްޕީއެލްގެ މިޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލެއިން މާލެ އަންނައިރު ޓަސްކަލޫސާ ކަންމަތި އަދި ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ޕެޓްރޯލް ޝެޑް ކަންމައްޗަށް ބަސް މަޑުކުރާނެ ކަމަށެވެ. އަދި މާލެއިން ހުޅުމާލެ އަށް ދާއިރު ސެނެހިޔާ ކައިރިއަށް ވެސް ބަސް މަޑުކުރާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

"މިހާރު ބަސް ހިދުމަތް މިދެވެނީ މާލޭގެ އެއް ސަރަހައްދަކަށް. ވަރަށް ގިނަ ކަސްޓަމަރުންގެ ފީޑްބެކަށް ބަލާފައި މާލޭގެ އަނެއް ފަރާތަށްވެސް ބަސް މަޑުކުރަން ނިންމީ،" އެމްޕީއެލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަލަށް ފަށާ ބަސްރޫޓާއެކު، މިހާރު ހިދުމަތްދޭ ރޫޓުންވެސް ބަސް ދަތުރުތައް ބާއްވާނެ ކަމަށެވެ.

"ރޯދަޔަށް އާ ރޫޓް ފެށޭތޯ މި މަސައްކަތް ކުރަނީ. މި ބަދަލާއެކު ދެ ރޫޓަށް ދަތުރުކުރަން ދެ ބަސް އޮންނާނެ،"

އެމްޕީއެލް އިން މިހާރު ބަހުގެ ހިދުމަތް ދެނީ ހެނދުނު 4:40 އިން ރޭގަނޑު 1:00 އަށެވެ. ބަސް ދަތުރަކަށް ނަގަނީ 10 ރުފިޔާ އެވެ.

comment ކޮމެންޓް