ހޮނިހިރު ދުވަހު ވިޔަފާރި ބަނދަރު ބަންދުވާނެ: އެމްޕީއެލް

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

ހޮނިހިރު ދުވަހު ވިޔަފާރި ބަނދަރު ބަންދުވާނެ ކަމަށް ޕޯޓްސް ލިމިޓެޑުން ބުނެފި އެވެ.

އެމްޕީއެލް އިން ބުނީ ހޮނިހިރު ދުވަހަކީ އާންމު އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަސްކަމަށްވާތީ އެދުވަހު ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް އަދި މާލޭ ވިޔަފާރި ބަނދަރު ބަންދުވާނެ ކަމަށެވެ.

ނަމަވެސް އެމްޕީއެލްގެ ބަނދަރުތަކުންދޭ ހިދުމަތް އާދިއްތަ ދުވަހުގެ 7:30 އިން ފެށިގެން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް